އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިޢްމަތެއް ލިބުމުން ޕާޓީ ބާއްވަން ބޭނުންވާ މީހުންނާ ދުރުހެލިވާށެވެ!

ނިޢްމަތެއް ލިބުމުން ޕާޓީ ބާއްވަން ބޭނުންވާ މީހުންނާ ދުރުހެލިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ތިބާއަށް ނިޢްމަތެއް ދެއްވެވުމުން އެކަން ދަމައި ދިގުކުރަން ނުހަދާށެވެ! އެކަމާއި ގުޅުވައިގެން ޕާޓީ ބާއްވައި ލަވަކިޔައި ނަށަންވީއެއް ނޫނެވެ! އެއިރުން އެ ދެވެނީ ނިޢްމަތް ދެއްވެވި ފަރާތުން ނަހީކުރެއްވެވި މަގުންނެވެ. 

ނިޢްމަތެއް ދެއްވަވައިފިނަމަ ޝުކުރުވެރިވުން އިތުރުކުރާށެވެ! ކިޔަމަންތެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަ ކުރާށެވެ! ﷲ ތަޢާލާ ދެއްވެވި މިންވަރު އަތުން ބީވެގެން ދިއަނުދީ ހިފަހައްޓަން މަސައްކަތްކުރުމަކީ އެއީއެވެ. 

އުފާވެރިކަމެއް ލިބުމުން އިސްރާފްކޮށް ޕާޓީ ބާއްވަން ބާރު އަޅާމީހުންގެ ބަހަށް ނުހެއްލޭށެވެ! އެމީހުން އެ މަސައްކަތްކުރަނީ އެ ނިޢްމަތް ތިބާއަށް ގެއްލުވައިލުމަށެވެ. އެފަދަ މީޙުންނަކީ ހެޔޮ އެދޭ ރަޙްމަތްތެރިނަ ކަމުގައި ނުބަލާށެވެ! 

ޕާޓީއަށް ދަޢްވަތު ދިނުމުގެ ބަދަލުގައި އެމީހުންނަށްވެސް ދަޢުވަތު ދޭންވީ ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކުރުމަށެވެ. ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދުޢާކުރާ ބައަކަށްވުމަށެވެ. އެމީހުންނަށް ބުނާށެވެ! ޕާޓީ ބާއްވަން ނޭދޭށެވެ! އަހަރެންނަށް ހެޔޮ އެދޭނަމަ އަހަރެންގެ ތަޤްވާވެރިކަން އިތުރުވާނެ ކަންކަމަށް ހިތްވަރުދީ މަގުދައްކައިދޭށެވެ! 

އެކަމަށް ވާގިވެރިނުވާ އެންމެންނަކީ ޢަދާވާތްތެރިންނެވެ. އެ އެންމެންނާއި ދުރުހެލިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން                   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް