އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ އަމަލުތައް ސިއްރިޔާތުގައި ކުރާށެވެ! މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރު ﷲ އުފުއްލަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ހެޔޮ އަމަލުތައް ސިއްރިޔާތުގައި ކުރާށެވެ! މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރު ﷲ އުފުއްލަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ބައެއް މީހުން ހެޔޮ އަމަލުތައް ކުރުމަށްފަހު އެކަން އިޝްތިހާރު ކުރެއެވެ. އަނެއްބައަކު އާންމުކޮށް އިޝްތިހާރުވާ ގޮތަށް ހެޔޮ އަމަލުތައް ކުރެއެވެ. ނަމަވެސް މި ދެ ގޮތަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. 

ނަމާދަށް ދިއުން ފަދަ ފައުޅުގައި ކުރުން މަޖުބޫރު ނުވާ ހެޔޮ ޢަމަލުތައް އޮތީ ސިއްރިޔަތުގައި ކުރުމެވެ. އަދި ތިމާ ކުރާ ހެޔޮ އަމަލުތަކުގެ ވާހަކަތައް ދައްކައި ޢާންމުކުރުމެއްވެސް ނެތެވެ. އަޅުކަން ކުރަނީ ﷲ ތަޢާލާޢަށެވެ. ކުރާ ހެޔޮ އަމަލުގެ އިތުރުން ކުރަން ހިތަށް އަރުވާ ހެޔޮ ޢަމަލުތައްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަންކަމަށް ޙައްޤު ޖަޒާ ދެއްވަވައެވެ. 

ބައެއް މީހުން އެމީހުން ކުރާ ހެޔޮ ޢަމަލުތައް ކުރަނީ މީސްތަކުންގެ ކުރިމަތީގައި އެމީހާގެ ޤަދަރު އުފުލުމަށެވެ. އެ ނިޔަތުގައި ކޮށްފިނަމަ އެކަން ބަދަލުވެގެންދާނީ މުޅިން ތަފާތު ކަމަކަށެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބަށް އެދިގެން ކުރެވުނު ކަމަކަށް ނުވާނެއެވެ. 

އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް އޮތީ އެކަމެއް ކުރި ނިޔަތުގެ މައްޗަށެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް މިނެވިގެންދާނީ އެމީހާ އެކަމެއް ކުރި ނިޔަތާއި އެއްގޮތަށެވެ. ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ޖަޒާ ދެއްވަވާނީ ނިޔަތުގެ މައްޗަށެވެ. 

ވީމާ ކުރާ ހެޔޮ އަމަލުތައް ސިއްރިޔާތުގައި ކުރާށެވެ! އެކަމުގެ ސަބަބުން ބައަކަށް ފައިދާއެއް ކޮށްފާނެ ކަމެއް މެނުވީ ހާމަނުކުރާށެވެ! އެއިރުން މީސްތަކުންގެ ކުރިމަތީގައި ތިބާގެ ޤަދަރު ﷲ ތަޢާލާ އުފުއްލަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް