އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮފްޝޯ ދަތުރުތަކުގެ ޚިދުމަތް އޮޓަމޭޓްކޮށް އެ ޚިދުމަތްތައް ތަޢާރަފް ކޮށްފި

އޮފްޝޯ ދަތުރުތަކުގެ ޚިދުމަތް އޮޓަމޭޓްކޮށް އެ ޚިދުމަތްތައް ތަޢާރަފް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ކަސްޓަމްސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސްކޮށްދިނުމަށާއި، ލުއިފަސޭހަކޮށްދިނުމުގެ މަޤުސަދުގައި ކަސްޓަމްސްގައި އިމްޕޯޓަރ/ އެކްސްޕޯޓަރ ރެޖިސްޓްރީ ކުރުމާއި އޮފްޝޯ ދަތުރުތަކުގެ ޚިދުމަތް އޮޓަމޭޓްކޮށް އެ ޚިދުމަތްތައް ތަޢާރަފް ކޮށްފިއެވެ. 

އޮފްޝޯރ އެޕްލިކޭޝަން ތަޢާރަފް ކުރެވުމާއެކު ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް މުދާ އަރުވައި ބޭލުމުގެ އިންތިޒާމް ހަރުދަނާކުރެވި، އޮފްޝޯރ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ހަލުވިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

މިޚިދުމަތްތައް ތަޢާރްފް ކުރީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން މިއަދު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. 

މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޔާރުކަމަށްވާ “CUSTOMS FOSTERING SUSTAINABILITY FOR PEOPLE, PROSPERITY AND THE PLANET.” ގެދަށުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 19 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން މިއަދުގެ ހަފްލާގައި އޮތެވެ. މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. 

މި ހަފްލާގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްއިން އަދާކުރަމުންދާ ދައުރުގެ މުހިއްމުކަމަށް ވަނީ އަލި އަޅުވާލާފައެވެ. އަދި ކަސްޓަމްސްއިން އަދާކުރަމުންދާ ބޯރޑަރ ސެކިއުރިޓީ ރޯލުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ޒީރޯ ޓޮލެރަންސް ސިޔާސަތުގެ ދަށުން އެންމެ މުހިއްމުކަމެއް ދޭންވާނީ ކަނޑައެޅިފައިވާ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޒިންމާ ތަކާއި މަސްއޫލިއްޔަތު އަދާ ކުރަމުގެ މައްޗަށްކަން އަލިއަޅުވާލާފައިވެއެވެ.

މިނިސްޓަރގެ އިތުރުން މިހަފްލާގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ މުޙައްމަދު މާނިއުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑެޕިއުޓީ ކޮމިޝަނަރގެ ވާހަކަފުޅުގައި ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެއްކަމާ، އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި އެކިދާއިރާތަކުން ހިންގޭ ސަރަހައްދީ ތަމްރީންތަކުގައި ކަސްޓަމްސްގެ މުވައްޒަފުން ބައިވެރިކުރުމަށް ގިނަ ފުރުޞަތުތަކެއް ދެއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު