އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިން ރުޅިއެރުވި ނަމަވެސް އަތް އިސްނުކޮށް ކެތްތެރިވުމަކީ ކެތްތެރިކަމުގެ އެންމެ މަތީދަރަޖަ!

އަނބިން ރުޅިއެރުވި ނަމަވެސް އަތް އިސްނުކޮށް ކެތްތެރިވުމަކީ ކެތްތެރިކަމުގެ އެންމެ މަތީދަރަޖަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ބައެއް އަނބިން އެމީހުންގެ ފިރިން ރުޅިގަދަކުރުވައެވެ. ވަރަށް ކުދިކުދި ކަންތަކާއިވެސް ޒުވާބުކޮށް މާބޮޑުކަމަކަށް ކަންކަން ހަދައެވެ. އެކަން މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ޅަފަތުގައި ލިބިފައި ހުންނަ ތަރުބިއްޔަތެވެ. ދިރިއުޅެ ބޮޑުވި މާހައުލުން ފެނިފައި ހުންނަ މަންޒަރުތަކެވެ.  

އަނބިމީހާ ރުޅި އެރުވި ނަމަވެސް ފިރިން ކެތްތެރިކަން އިސްކުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށް ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ކެތްތެރިވާ ފިރިންނަށް ކެތްތެރިންނަސް ދެއްވަވާ އެންމެ މަތީ ދަރަޖަ ﷲ ތަޢާލާ ދެއްވަވާނެ ކަމަށެވެ. (މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) 

އަނބިން ގައިގައި ޖަހާ ފިރިހެނުން ޝައިޚް ނޫމާން ޢަލީ ޚާންގެ މިބަސްފުޅުތައް ކިޔައިލުން ވަރަށް މުހިންމު ކަމުގައި ދެކެމެވެ.  

އަންހެނުންގެ ގައިގައި ޖެހުމަކީ ރަސޫލް (ޞޢވ) މުޅިން މަނާކުރައްވަވާފައިވާ ކަމެކެވެ. މިކަމަށް އަމުރުފުޅު ކުރައްވަވައި ކުރެއްވެވި ޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައިވަނީ ﷲ ތަޢާލާގެ އަންހެން އަޅުނަގެ ގައިގައި ނުޖެހުމަށެވެ. އަނހެނުންގެ ގައިގައި ނުޖެހުމަކަށް ވެސް ނޫނެވެ. އެންމެހައި އަނހެނުންނަކީ ﷲ ތަޢާލާގެ އަޅުންކަމުގައިވީނަމަވެސް މިފަދައިން ޙަދީޘްފުޅުކުރައްވަވާފައި އެވަނީ އެކަމުގެ ހުރި ނުބައިކަން ބަޔާން ކުރެއްވެވުމަށެވެ. އަމުރުފުޅު އިތުރަށް ވަރުގަދަ ކުރެއްވެވުމަށެވެ.  

މިމޭރުމުން ވިސްނާށެވެ! އަހަރެންގެ ކާރަށް ގެއްލުން ދީފި ނަމަ އެއީ ކާރަށް ދޭ ގެއްލުމެއް ނޫނެވެ. އަރެންނަށް ދޭ ގެއްލުމެކެވެ. އަހަރެންގެ ދަރިއަކަށް ގޯނާކޮށްފިނަމަ އެއީ ވެސް އަހަރެންނަށް ކުރާ އަނިޔާއެކެވެ. އެމީހެއްގެ ފަހަތުން އަހަރެން ދާނެއެވެ. ވީއިރު ﷲ ތަޢާލާގެ އަޅަކަށް އަނިޔާކުރުމުން ﷲ ތަޢާލާ އެމީހެއްގެ ޢަމަލަށް ޖަޒާ ދެއްވަވާނެތެވެ. ދެއްވަވާފައި އެވާ މެސެޖަކީ އަންހެނުންނަށް އަނިޔާކުރާނަމަ އެކަން ﷲ ތަޢާލާ ދޫނުކުރައްވަވާނެ ކަމެވެ. 

ފިރިމީހާ ގޭގައި ނުއުޅޭ ވަގުތު އަނބިމީހާއަށް ބިރުދައްކައި ހަރުކަށިބަސްތައް ބުނެ ނިކަމެތިކުރާ މީހުންވެސް އުޅެއެވެ. މިކަން ގިނައިން ކުރާނީ ފިރިމީހާގެ ފަރާތުގެ މީހުންނެވެ. ފިރިމީހާ ގެއަށް އައުމުން އެމީހުންގެ ވާހަކައިގެ ރާގު މުޅިން ބަދަލުކޮށްލައެވެ. ލޯތްބާއި އޯގާތެރިކަމުގެ ބަސްތައް ބުނެއެވެ.  

މިއީ މުޖުތަމައުތަކުގައި ހަމަ ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް މިއީ ކުރާ ވަރަށް ބޮޑު އަނިޔާއެކެވެ. އެފަދަ އަނިޔާ ލިބޭ އަނބިން ޝަކުވާ ކުރިނަމަވެސް ފިރިމީހާއަށް އެވާހަކަތައް ޤަބޫލެއް ވެސް ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން އަނބިން މޮޔަވާ ހިސާބަށްވެސް ކަންކަން ދެއެވެ.  

މީގެ އިތުރުން ހަރިކަށި ޢިބާރާތުން ވާހަކަ ދެއްކުމާއި ދައްކާވާހަކައަށް ޖަވާބު ނުދިނުމަކީވެސް އެކަކު އަނެކަކަށް ކުރެވޭ އަނިޔާއެކެވެ. މިފަފަދ ކަންކަމަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެވެ. ރިވެތި ހަރުދަނާ ދިރިއުޅުމެއް އުޅެން ބޭނުން ނަމަ މިފަދަ ކަންކަން އިޞްލާޙްކުރަން އެބަ ޖެހެއެވެ. ދެމަފިރިންވެސް ޢާއިލާގެ އެންމެންވެސް ގުޅިގެން އެކުގައި ދިރިއުޅެން މަސައްކަތްކުރަން ޖެހެއެވެ.  

- ޝައިޚް ނޫމާން ޢަލީ ޚާންގެ ޚުޠުބާއަކުން

 

A.S. Holy Prophet PEACE BE UPON HIM said “LA IMA ALLAH. Don’t hit the female slaves of Allah.” Everybody is the slave of Allah SWT, whether he or she is Muslim or not.

But Holy Prophet PEACE BE UPON HIM did not say “don’t hit the women.” He used word female slaves of Allah. Because when you hit the slave of somebody then you are initiating the war against his master. Meaning there by hitting a woman is challenging the Allah SWT.

“Never ever Beat your wife! A True Muslim will Never beat his wife!

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް