އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޫރަތުލްއިޚްލާޞް ގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް-

ސޫރަތުލްއިޚްލާޞް ގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 39 ސިކުންތު

ސޫރަތުލްއިޚްލާޞް ގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޞައްޙަ ރިވާޔަތްތައް: 

1.     عَن أبي الدَّرْدَاء، عَن النَّبِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((أَيعْجزُ أحَدكُم أَن يقْرَأ فِي لَيْلَةٍ ثُلُث الْقُرْآن؟ قَالُوْا: وَكَيْفَ يقْرَأ ثُلُثَ الْقُرْآن؟ قَالَ: “قُلْ هُوَ اللهُ أَحَدتعدل ثُلُث الْقُرْآن)) 

[رواه مسلم وصححه الألباني في صحيح الترغيب والترهيب / 1480] 

މާނައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދަރްދާއު رضي الله عنه ރިވާކުރެއްވިއެވެ.  ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ރޭގަނޑު ކިޔެވުމަށް ތިޔަބޭކަލުންކުރެ ބޭކަލަކު ނުކުޅެދުންތެރިވަމުތޯއެވެ؟ ޞަޙާބީބޭކަލުން ދެންނެވޫއެވެ. ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔަވާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: އިޚްލާޞް ސޫރަތް ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ ހަމަހަމައެވެ." 

2.     عَنْ أَنَسٍ، أَنَّ رَجُلاً قَالَ: ((يَا رَسُولَ اللهِ إِنِّي أُحِبُّ هَذِهِ السُّورَةَ: “قُلْ هُوَ اللَّهُ أَحَدٌفَقَالَ: إِنَّ حُبَّكَ إِيَّاهَا يُدْخِلُكَ الجَنَّةَ))  [رواه الترمذي وصححه الألباني / 2323] 

މާނައީ: މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށާވަރުން މީހަކު ރަސޫލުﷲ صلى الله عليه وسلم އަށް ދެއްނެވިއެވެ.މާތް ﷲ ގެ ރަސޫލާއެވެ. ތިމަންނާ އިޚްލާޞް ސޫރަތްދެކެ ލޯބިވަމެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ތިބާ އެސޫރަތްދެކެ ތިވީލޯބި، ތިބާ ސުވަރުގެ ވައްދާހުއްޓެވެ. 

3.     عَنِ النَّبِىِّ صلى الله عليه وسلم قَالَ: ((مَنْ قَرَأَقُلْ هُوَ اللَّهُ أَحَدٌحَتَّى يَخْتِمَهَا عَشْرَ مَرَّاتٍ بَنَى اللَّهُ لَهُ قَصْرًا فِى الْجَنَّةِ)) [((سلسلة الأحاديث الصحيحة / 589]  

މާނައީ: ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "އިޚްލާޞް ސޫރަތް 10 ފަހަރު ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެވާނެއެވެ."  

4. عَنْ أَبِي هُرَيْرَةَ قَالَ: ((أَقْبَلْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَسَمِعَ رَجُلاً يَقْرَأُقُلْ هُوَ اللَّهُ أَحَدٌ اللَّهُ الصَّمَدُفَقَالَ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَجَبَتْ، قُلْتُ: وَمَا وَجَبَتْ؟ قَالَ: الْجَنَّة))  [رواه الترمذي وصححه الألباني / 2320] 

މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ صلى الله عليه وسلم ތިމަންކަލޭގެފާނު އަންނަނިކޮށް، މީހަކު އިޚްލާޞް ސޫރަތް ކިޔަވާއަޑު އައްސަވައި ޙަދީޘް ކުރެއްވިއެވެ. ‘ވާޖިބް ވެއްޖެއެވެ.’ ތިމަންކަލޭގެފާނު ދެންނެވީމެވެ. ވާޖިބުވީ ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. '‘ސުވަރުގެއެވެ.'"   

- މަސްދަރު: ދިސަލަފިއްޔާ 

الإخلاص 

﴿1﴾ قُلْ هُوَ اللَّهُ أَحَدٌ

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ." 

﴿2﴾ اللَّهُ الصَّمَدُ

"ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ." 

﴿3﴾ لَمْ يَلِدْ وَلَمْ يُولَدْ

"އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ." 

﴿4﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ

އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ." 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް