އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުހާން ސިޓީގަ ތިބި ދިވެހިންނަށް ދުވާލަކު ފަންސާސް ޑޮލަރު އިތުރަށް ދެމުން މިގެންދަނީ: ޝާހިދު

ވުހާން ސިޓީގަ ތިބި ދިވެހިންނަށް ދުވާލަކު ފަންސާސް ޑޮލަރު އިތުރަށް ދެމުން މިގެންދަނީ: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޗައިނާގެ ވުހާން ސިޓީގައި ތިބީ 9 ދިވެހިން ކަމަށާއި އެއިން ކޮންމެ މީހެއްގެ ކެއިން ބުއިމަށް މިހާރަށްވުރެ އިތުރަށް ދުވާލަކު 50 ޑޮލަރު ސަރުކާރުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ގުޅިގެން އެ ފައިސާ ދެމުން ގެންދާ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ވޫހަން ސިޓީ އަކީ ކޮރޯނާ ވައިރަސް ޗައިނާގައި ފެށުނު ސިޓީކަމަށްވުމުން އެ ސިޓީއަށް ވަދެ ނުކުމެ އުޅުން މިހާރު ޗައިނާ ސަރުކާރުން މަނާކޮށްފައިވާތީ އެ ސިޓީގައި ކާބޯތަކެތީގެ އަގުތައް ވަރަށް މައްޗަށް އުފުލެމުންދާ ކަމަށެވެ. މި ފައިސާ ހަމަޖައްސައިދިނީ އެކަމާއި ގުޅިގެން ކަމަށެވެ. 

ޝާހިދު ވިދާޅުވީ ވޫހަން ސިޓީގައި ތިބީ 9 ދިވެހިން ކަމަށާއި އެއިގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ. "އެ 7 މީހުން ވީހައި އަވަހަކަށް ރާއްޖެ ގެނެވޭތޯ މަސައްކަތް މިކުރަނީ. އަނެއް 2 މީހުން ރާއްޖެ އަންނަން ބޭނުމެއް ނޫން."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް