އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން ދެއްކި ވާހަކަ ދިމާވޭ! އަންނަނީ ރާއްޖޭގަ ތިބި ޗައިނާ ފަތުރުވެރިން ބަލާ އަންނަ ހުސްފްލައިޓްތަކެއް!

ސަރުކާރުން ދެއްކި ވާހަކަ ދިމާވޭ! އަންނަނީ ރާއްޖޭގަ ތިބި ޗައިނާ ފަތުރުވެރިން ބަލާ އަންނަ ހުސްފްލައިޓްތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޗައިނާ އިން މިއަދު ރާއްޖެ އައި ފްލައިޓްތައް އައިސްފައިވަނީ އެއްވެސް ފަތުރުވެރިއަކު ނުލައި ހުސް ފްލައިޓްތަކެއްގެ ގޮތުގައެވެ. ރާއްޖޭގައި މިހާރުވެސް ޗައިނާގެ އެތައް ހާސް ފަތުރުވެރިން ތިބުމުން އެމީހުން އަނބުރާ ޗައިނާއަށް ގެންދިއުމަށެވެ. 

އެކަން ވަނީ އެމްއޭސީއެލް އިން ވެސް އަދި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުވެސް ކަށަވަރުކޮށްދެއްވައިފައެވެ. 

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލިކަން ސަރުކާރުން އިއްޔެ ހާމަކޮށްފައި ވަނިކޮށް ރާއްޖެއަށް މިއަދު ޗައިނާގެ ބައެއް ފްލައިޓްތައް އައުމުން ސަރުކާރުން ދެއްކި ވާހަކަ ދިމާނުވާ ކަމަށްބުނެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ވަނީ މައުލޫމާތު ފަތުރައިފައެވެ. 

ރައްޔިތުންގެ ސަލާމަތަށްޓަކައި މިވަގުތު ޝައިނާ ދަތުރުތައް މެދުކަނޑައިލި ނަމަވެސް ވީހައި އަވަހަކަށް ދަތުރުތައް ފެށި ޗައިނާގެ ފަތުރުވެރިން ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު ކަންތަކެވެ. ފާއިތުވި 8 އަހަރަށް ބެލި ނަމަވެސް އެއް ޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. 

އެހެންކަމުން ޤައުމުގެ އިޤްޠިޞާދުގެ 80 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ދިވެހިރާއްޖެއަށް ޗައިނާއަކީ އެންމެ މުހިންމު އެއް މަންޒިލެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް