އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުދާއުފުލާ ދޯންޏެއްގެ ބުރަފަތި ފެއިލްވެ ހާލުގައި ޖެހުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

މުދާއުފުލާ ދޯންޏެއްގެ ބުރަފަތި ފެއިލްވެ ހާލުގައި ޖެހުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މާލެއިން ފުރައިގެން ޏ.ފުވައްމުލަކަށް ދަތުރުކުރި މުދާއުފުލާ ދޯންޏެއްގެ ބުރަފަތި ފެއިލްވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފަވެއެވެ.

1200 އަށްވުރެ ގިނަ ގޯނީގެ ކާޑުގެ ބާވަތްތައް ބަރުކޮށްގެން، ދަތުރުކުރި "ސްޓާރ ވަން" ނަމަކަށް ކިޔާ މި ދޯނީގެ ބުރަފަތި ފެއިލްވެ ހާލުގައި ޖެހުމާއެކު، އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ދީފައިވަނީ ރޭ (ޖަނަވަރީ 31 ވަނަ ދުވަހުގެރޭ) 01:18 ހާއިރުއެވެ. އޭރު 4 މީހުންނާއެކު ދަތުރުކުރި އެ ދޯނި އޮތީ ގއ. ވިލިގިއްޔާ 10 މޭލު ބޭރުގައެވެ. އެހެންކަމުން، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސީ އެމްބިޔުލަންސް ލޯންޗު އެ ސަރަޙައްދަށް ގޮސްފައިވެއެވެ. އަދި، "ސްޓާރ ވަން" ދޯނި ކަފުޖަހާނެ އުޅަނދެއް އެ ދޯނީގެ ވެރިފަރާތުން ފޮނުވަންދެން، އެ ސަރަހައްދު ލޮކޭޓްކޮށްދިނުމުގައި ސީއެމްބިޔުލަންސް ލޯންޗުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަވެއެވެ.

ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގައި ކަފުޖަހައިގެން، މި ދޯނި މިއަދު ހެނދުނު 08:50 ހާއިރު މިހާރު ވަނީ ގއ. މާމެންދޫ ބަނދަރަށް ވައްދާފަވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުން ލިބިފައެއް ނުވެއެވެ. މި ދޯނީގައި ތިބީ ދެ ދިވެހިންނާއި ބަނގުލަދޭޝްގެ ދެ މީހުން ކަމަށް އެމް އެންޑީ އެފް އިން ބުނިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ