އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަމާއިން ފެށިގެން ޗައިނާއިން ފުރައިގެން ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސައިފި!

މާދަމާއިން ފެށިގެން ޗައިނާއިން ފުރައިގެން ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މާދަމާއިން ފެށިގެން ޗައިނާއިން ރާއްޖެ ނާދެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް ޗައިނާގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެއެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދާދި ދެންމެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ މިގޮތަށް ހމަޖެއްސީ ރައީސުލްޖުމްހޫރިއްޔާގެ އިސް ނެންގެވުމަށް ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ކަމަށެވެ. 

"މިރޭ 12 ޖެހުމުން ޗައިނާއިން ފުރައިގެން އެއްވެސް ޤައުމެއްގެ މީހަކަށް ރާއްޖެއަކަށް ނާދެވޭނެ! މިފިޔަވަޅު މިއަޅަނީ ބަލި ފެތުރެމުން އަންނަ ޗައިނާއިން ފުރައިގެން އަންނަ މީހުންނަށް އެކަނި." 

ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ އެ ޤައުމެއްގެ ރައްޔިތުންނަށް ރައްކައުތެރިކަން ފޯރުކޮށްދޭނެ މިންގަނޑުތައް ކަނޑައަޅާނީ އެ ޤައުމަކުން ކަމަށާއި ޑަބްލިޔޫއެޗްއޯ އިން ވަނީ އެކަމަށް އިޚްތިޔާރުދީފައި ކަމަށެވެ. 

"މިވަގުތު ސަލާމަތާ ރައްކައުތެރިކަމަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތް. މިގޮތަށް ނިންމުމުން ޗައިނާ ނޫން މާކެޓްތަކަށް އިތުބާރު ބޮޑުވެ އިތުރު ކުރިއެރުން ލިބުމަކީވެސް އޮތް ކަމެއް! ނަމަވެސް މިކަން މިގޮތަށް ނިންމީ ހަމަ ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް" ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް