އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބޭސްތަކެއް އެއްކޮށްގެން، ތައިލެންޑުން ކޮރޯނާ ވައިރަހަށް ފަރުވާ ހޯދައިފި!

ބޭސްތަކެއް އެއްކޮށްގެން، ތައިލެންޑުން ކޮރޯނާ ވައިރަހަށް ފަރުވާ ހޯދައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ބެންގްކޮކް: ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިވާ އުމުރުން 71 އަހަރުގެ ޗައިނާ އަންހެނަކަށް، ތައިލެންޑުގެ ޑޮކްޓަރުންތަކެއް ފަރުވާކޮށް، އެބަލި ފަސޭހަ ކޮށްދީފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި، ތައިލެންޑުގެ ޑޮކްޓަރުން އެބައްޔަށް ވަނީ، އާއްމުހުމަށް ދޭވައްތަރުގެ ބޭހާއި އެޗްއައިވީ ޖެހުމުން ދޭ ބޭހެއް އެއްކޮށްގެން، މުޅިން އައު ބޭހެއް އުފައްދާފައެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެގެން މިބޭސް ދެވުނު އަންހެން މީހާވަނީ، 48 ގަޑިއިރު ތެރޭގައި މިބަލިން ފަރުވާ ލިބިފައި ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެފައިވެއެވެ.

"ކޮރޯނާ ވައިރަސް ޖެހުނު އެމީހާއަށް މިބޭސްދީފަ، 48 ގަޑިއިރުފަހުން އޭނާ އަލުން ޓެސްޓުކުރިއިރު ނަތީޖާ އައީ ނެގަޓިވް ކަމަށް" މިބޭސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު އެއް ޑޮކްޓަރ ކަމަށްވާ ޑރ. ރެންގްސެކް އަޓިޕޯންވަނިޝް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

މީގެއިތުރުން ޑރ. ރެންގްސެކް ބުނީ، ކޮރޯނާ ވައިރަސް ޖެހުމުގެ ސަބަބުން އެމީހާ އަށް ލިބުނު ވަރުބަލިކަމުން ވެސް އޭނާ ސަލާމަތް ވެފައިވާ ކަމަށާއި މިހާރު އޭނާއަށް އަމިއްލައަށް ތެދުވެވެސް އުޅެވޭވަރު ވެފައިވާ ކަމަށެވެ.

ތައިލެންޑްގެ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމެއްގައި ވާހަކަދައްކަމުން މިތަހުލީލު ހިންގި ޑޮކްޓަރުންގެ ޓީމުން ބުނީ އެމީހުން އެއްކުރީ އެޗްއައިވީ އަށް ބޭނުންކުރާ އެންޓި ވައިރަލް ބޭސްތަކަކާއި ހުން އައުމުން ބޭނުންކުރާ އޮސެލްޓަމިވިރް ބޭހާއި، ލޮޕިނަވިރް އަދި ރިޓޮނަވިރް ބޭސްތައް ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


26%
ވ.ރަނގަޅު
20%
ރަނގަޅު
35%
އޯކޭ
17%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ