އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަންކާގެ ޑައިލޮގް އާއި ގުޅިގެން ދިރާގާއި އުރީދޫ އިން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް އަޅަނީ

ލަންކާގެ ޑައިލޮގް އާއި ގުޅިގެން ދިރާގާއި އުރީދޫ އިން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް އަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ސްރީލަންކާގެ އެންމެ ބޮޑު އެއް ޓެލެކޮމް ސާވިސް ޕްރޮވައިޑަރު ޑައިލޮގް އެޒިއާޓާ އާއި ގުޅިގެން ދިރާގާއި އުރީދޫ އިން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް އަޅަން އެއްބަސްވެއްޖެއެވެ.

މިކަމާގުޅިގެން އުރީދޫ އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ދިރާގުގެ އިތުރުން، ލަންކާގެ ޑައެލޮގް އެގްޒިއާޓާ ކުންފުންޏާ ގުޅިގެން ރާއްޖެ އާއި ލަންކާއާ ދެމެދު ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. 

ދިރާގުން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމްކުރާ ސަބްމެރިން ކޭބަލްގެ 45 އިންސައްތަ މިލްކުވެރިކަން އެ ކުންފުނިން ހިއްސާކުރާއިރު، އުރީދޫ އިން ވެސް 45 އިންސައްތަ މިލްކުވެރިކަން ހިއްސާކުރާނެ ކަމަށެވެ. އަދި ބާކީ 10 އިންސައްތަ ހިއްސާކުރާނީ ޑައެލޮގުން ކަމަށް ދިރާގުން ބުންޏެވެ. މި މަސައްކަތަށް އެ ކުންފުނިން 8.4 މިލިއަން ޑޮލަރު ހަރަދުކުރާއިރު އުރީދޫއިން ބުނީ އެކުންފުނިން ނުވަ މިލިއަން ޑޮލަރު ހަދަރުކުރާނެ ކަމަށް ބުނެފައިވެއެވެ.

މި ސަބްމެރިން ކޭބަލް ނިޒާމުގެ ސަބަބުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވުމުގެ އިތުރަށް، ކުރިމަގުގައި އީޖާދުކުރާ ޓެކްނޮލޮޖީތަކަށް ތައްޔާރުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ދިރާގާއި އުރީދޫއިން ވަނީ ބުނެފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު