އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ހިންމަފުށީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް ހިންމަފުށީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ހިންމަފުށީ ކައުންސިލުގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިންމަފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ.

ހިންމަފުށީ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތްދޭން ފެށުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކައުންސިލުން އެދޭގޮތުގެ ޕްލޭން ޙިއްޞާކުރެއްވުމުގެ އިތުރުން ސްކޫލަށް ޖާގައިތުރުކުރުމުގެ ގޮތުން ކައުންސިލުން އެދޭގޮތުގެ ޕްލޭން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މިކަންކަމުގެ އިތުރުން ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ކަންބޮޑުވުން ހުރި އެހެން ބައެއްކަންކަމާ ބެހޭގޮތުން ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، އެކަމާބެހޭގޮތުން ކައުންސިލަރުން ޙިއްޞާކުރެއްވި ކަންބޮޑުވުންތައް އެފަރާތްތަކާ ޙިއްޞާކުރައްވައި އެމައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ޞިއްހީމަރުކަޒުގެ ޚިދުމަތް ތަރައްޤީކޮށް ޖާގަ އިތުރުކުރުމާއި ސްކޫލަށް ޖާގައިތުރުކުރުމާ ގުޅޭގޮތުން ވެސް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން ހިންމަފުށީގައި އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު