އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއަށް ދަތުރު ކޮށްފައިވާ އިތުރު ދިވެއްސަކު ކަރަންޓީނު ކޮށްފި!

ޗައިނާއަށް ދަތުރު ކޮށްފައިވާ އިތުރު ދިވެއްސަކު ކަރަންޓީނު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ރާއްޖެއައި ދިވެއްސަކު ކަރަންޓީން ކޮށްފައިވާކަން ރޭ، ކޮރޯނާ ވައިރަސް ޕްރިވެންޝަން ޓާސްކް ފޯހުން ހިއްސާކޮށްފިއެވެ.

ނަމަވެސް ޓާސްކް ފޯހުން ބުނެފައިވަނީ، ކަރަންޓީން ކުރި ނަމަވެސް އެމީހާގެ ހަށިގަނޑުން ކޮރޯނޯގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

ޗައިނާގެ ވުހާންގައި ކޮރޯނާ ވައިރަސް ފެތުރިފައިވާތީ، ޗައިނާގައި ދިވެހިން ވެސް ވަނީ އެޤައުމުން އިންޑިއާއަށް ގެންގޮސް ކަރަންޓީނު ކޮށްފައެވެ. އޭގެތެރެއިން އެކަކުވެސް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައި ނެތް ނަމަވެސް އެމީހުން ރާއްޖެ ގެންނަނީ 14 ދުވަސް ވަންދެން ކަރަންޓީނު ކޮށްފައި ބޭތިއްބުމަށްފަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެމުންދިޔައިރު އެގައުމުގައި ޖުމްލަ 50 ދިވެއްސަކު އައީ ދިރިއުޅެމުންނެވެ. އެހެންވެ ސަރުކާރުން ވަނީ ސަރުކާރުގެ އެހީގައި އެމީހުން އަނބުރާ ރާއްޖެއަށް ގެންނަން ނިންމާފަ އެވެ. ނަމަވެސް އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވީ އޭގެ ތެެރެއިން ހަތް ދިވެއްސެކެވެ.

ޗައިނާގެ ސިޓީތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ސަރުކާރާ ވެސް މަޝްވަރާކޮށްފަ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 34,878 މީހަކަށް ޖެހިފައިވާއިރު މިބަލީގައި 724 މީހަކު ވަނީ މަރުވެފަ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ