އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފީނަން ފޭބި މީހަކު ޑީކޯވެގެން އަވަސްފަރުވާ ދިނުމުގެ މަސައްކަތް އެމް އެންޑީއެފް އިން ފަށައިފި

ފީނަން ފޭބި މީހަކު ޑީކޯވެގެން އަވަސްފަރުވާ ދިނުމުގެ މަސައްކަތް އެމް އެންޑީއެފް އިން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅި އަޅައިގެން ފީނަން ފޭބި މީހަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަވެއެވެ.

އެ ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ދިވެއްސަކު ޑިކޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވަނީ، 20 މިނެޓް ވާންދެން 50 މީޓަރުގައި މިއަދު ޑައިވްކޮށްފައެވެ. މި ހާދިސާ ހިނގި އިރު، އެ ދޯނި އޮތީ ގދ. ގައްދޫއާ 13 މޭލު ބޭރުގައެވެ.

މި މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުމާ އެކު، ގދ.ގައްދޫ ބަނދަރުގައި އޮތް ސީއެމްބިޔުލާންސް ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. އަދި، އެ ދޯނީގައި އޮތް ބަލި މީހާ ނަގައިގެން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އެމީހާ ގެންދިޔުމަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ. ސީއެމްބިޔުލާންސަށް ގދ.ތިނަދޫ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާ ކުރާ ގޮތުގައި  މިއަދު ހެނދުނު 10:50 ހާއިރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ