އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފައިސާ ނުދިންނަމަވެސް ބައެއް އިމާމުންގެ ހެދުންކޮޅު ވަރަށް ފުރިހަމަ!

ފައިސާ ނުދިންނަމަވެސް ބައެއް އިމާމުންގެ ހެދުންކޮޅު ވަރަށް ފުރިހަމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މައުލޫމާތު ލިބޭ ގޮތުން މަސްޖިދު މުޙައްމަދު ތަކުރުފާނުލް އަޢްޒމް ނޫން މިސްކިތެއްގައި ހުކުރުކުރައްވާއިރު އިމާމުން ވަކި ޚާއްޞަ ހެދުންކޮޅެއް ތުރުކުރައްވާކަށް ނުޖެހެއެވެ.

އެހެންކަމުން ބައެއް އިމާމުން ބެގީކުރައްވައިގެންވެސް ވަޑައިގަންނަވައެވެ. އެ އިމާމަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ހެދުންކޮޅު ތުރުކުރައްވައެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ކޮންމެވެސް އިރެއްގައި އިމާމުންގެ ޖުއްބާއަށް އިސްލާމިކް މިނިސްޓްރީން ދެމުން އައި އިނާޔަތް މިހާރު ނުލިބުމެވެ.

އެފައިސާ ނުލިބޭ ސަބަބެއްކަމަށް މައުލޫމާތުލިބިފައިވަނީ ސިވިލްސަރވިސް މުވައްޒިފުންގެ ޤަވާއިދުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ނެތުމެވެ. އެކަން ހަމަޖައްސަވަން ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލަބާރީ ވަރަށް މަސައްކަތްކުރެއވިއެވެ. ނަމަވެސް އެއިރުން ފެށިގެން މިހައިތަނަށްވެސް އެކަން ހަމަޖެހިފައި ނުވަނީއެވެ.

ފައިސާ ނުލިބުނު ނަމަވެސް ޖުއްބާ ތުރުކުރައްވައިގެންވެސް ބައެއް އިމާމުން ވަޑައިގަންނަވައެވެ.

އިމާމް މީހާ ވަކި ޚާއްޞަ ހެދުމެއް ލުމަކީ ހުކުރު ޞައްޙަވުމުގެ ޝަރުޠަކަށް ނުވި ނަމަވެސް ހުކުރުކުރައްވާ އިމާމް އެކަމަށް އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ހުރުމަކީ އިމާމުގެ ހައިބަތު އިތުރުވެ މީސްތަކުންނަށް ބަލައިގަންނަން ފަސޭހަ ސަބަބެއް ކަމަށް ގިނަ ބައަކު ބުނެއެވެ.

ހުރިހާ މިސްކިތްތަކެއްގައިވެސް ކުރަނީ ހަމަ ހުކުރު ނަމާދެވެ! ޚާއްޞަ ހުއްދައަކަށް ނޫނީ ހަމަ ވިދާޅުވަނީ އިސްލާމިކް މިނިސްޓްރީން ދެއްވާ ޚުޠުބާއެވެ.

ދައުލަތަށް މިފައިސާ ދެވެން ނެތިގެން ނުދިން ނަމަވެސް އަމިއްލަފުޅު ޚަރަދުގައި ފުރިހަމައަށް ހެދުން އަޅުއްވައިގެން ހުކުރުކުރައްވާ އިމާމުން އެ ދައްކުވައިދެއްވަނީ އެބޭފުޅުންގެ ހިތްޕުޅުގައި ﷲ ތަޢާލާއަށް އޮތް ލޯތްބެވެ. ހުކުރު ކުރެއްވުމަށް ދެއްވާ މަތިވެރި ޤަދަރެވެ. ﷲ ތައާލާ އާއި ހުކުރު ޚުޠުބާ އަޑުއައްސަވަން ތިއްބަވާ މަލާއިކަތުންގެ ކުރިފުޅުމަތީގައި ޚުޠުބާ ވިދާޅުވާއިރު އެކަމަށް ސަމާލުކަން ދެއްވަން ބޭނުންފުޅުވާ މިންވަރެވެ !!

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
7%
ރަނގަޅު
23%
އޯކޭ
46%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް