އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ގޮވާއިރު، ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގަ ކޮށާ މަށައި މަޑުކަށިކޮށްފަ!: ޝައިޚް ޝާފިޢު

ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ގޮވާއިރު، ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގަ ކޮށާ މަށައި މަޑުކަށިކޮށްފަ!: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

"ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ގޮވާއިރު، ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ކޮށައި މަށައި މަޑުކަށިކޮށްފައެވެ. ކެރޭނަމަ ދޭންވީ އިސްލާމީ ޝަރީޢަތުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބެވެ. ދައުލަތާއި މުޖުތަމަޢަށްވެސް އެގޮތް ލުއިވެގެންވެއެވެ."

--ޝައިޚް ޝަފީޢު ޢަބްދުﷲ

ޖިންސީ ގޯނާކުރުމާއި އަނިޔާވެރި އަމަލުތައް ހިންގައި މީހުންނަށް ޙަމަލާ ދިނުމުން ގޮވަނީ ޤާނޫނުގައިވާ ހަރުކަށި އަދަބު ދިނުމަށެވެ. ނަމަވެސް ޤާނޫނުގައިވާ އަދަބަކީ ކުށްކުރުމުން މުޖުތަމައު ސަލާމަތްކުރެވޭނެ އަދަބުތަކެއް ނަމަ ކުށްކުރުން މިހާރު އޮންނާނީ ހުއްޓުވިފައެވެ.

އެހެންކަމުން ފެންނަމުން ދަނީ ހަމަ ހުރިބނާވަތެއްގެ ކުށްތައް ކުރުން އިތުރުވަމުން އަންނަތަނެވެ. ކުރާ ކުށްތަކާއި ހިންގާ ޖަރީމާތައް ބޮޑެތިވަމުން އަންނަ ތަނެވެ. މިޙާލަތު މެދުވެރިވެފައިވަނީ ރާއްޖެއަށް އެކަންޏެއް ނޫނެވެ. އދ އާއި އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމާޢަތްތަކަށް ދީލައިލި ކޮންމެ ޤައުމެއްގައެވެ.

އިސްލާމީ ޝަރީޢަތަށް ބަލައިފިނަމަ ޖަލުގައި ބަންދުކޮށްގެން ކުށްވެރިން ގެންގުޅެން ޖެހެނީ ވަރަށް މަދު ޙާލަތެއްގައެވެ. ވަރަށް ކުރު މުއްދަތަކަށެވެ. އެކަން އެގޮތަށް ތަންފީޒުކުރާނަމަ ޖަލުތައް ފުރިގެން އުޅޭކަށް ނުޖެހޭނެއެވެ. ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާ ހޭދައާއި އެއްވަރުގެ އަދަދެއް ކުށްވެރިން ބަލަހައްޓަން ކުރާކަށް ނުޖެހޭނެއެވެ.

ރާއްޖޭގައިވެސް ކުސްކުރުން ގިނަވެ ޤައުމީ ނުރައްކަލަކަށްވެފައި މިވަނީ މާތް ﷲ ބާވައިލެއްވެވި ޙުކުމްފުޅުތައް ދޫކޮށްލައި ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށްވުރެ މޮޅު ގޮތް އެނގޭކަމަށް ޤަބޫލުކުރެވިގެން އިސްލާމީ ޝަރީޢާ ބޮލާލައި ޖެހުމުންނެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ދައުލަތާއި ޤާނޫނު ހަދާ މަޖިލިސް ވިކުމުންނެވެ.

ޝައިޚް ޝަފީޢު ވިދާޅުވެފައިވާ ފަދައިން މައްސަލައިގެ ހައްލު އޮތީ ވަރަށް ފަސޭހައިން ހޯދޭށެވެ! އެއީ އިސްލާމީ ޝަރީޢާ ތަންފީޒުކުރުމެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް