އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޤާނޫނުތައް މުގުރާފަ މާފަށް އެދެން ޖެހޭނީ މުގުރި މީހަކު! ޤާނޫނު ހަދާ މަޖިލީހުން އެކަމަށް ހިތްވަރުދިނުމަކީ ހެދި ބޮޑު ގޯހެއް!

ރާއްޖޭގެ ޤާނޫނުތައް މުގުރާފަ މާފަށް އެދެން ޖެހޭނީ މުގުރި މީހަކު! ޤާނޫނު ހަދާ މަޖިލީހުން އެކަމަށް ހިތްވަރުދިނުމަކީ ހެދި ބޮޑު ގޯހެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މިއަދު ވަނީ އިނގިރޭސި ވިލާތަށާއި ދުނިޔެއަށް އެކަން އިއުލާނުކުރެއްވުމުގެ ގޮތުން މާފުށީގައި ރާއްޖޭގހެ ޤާނޫނުތައް މުގުރި އިނގިރޭސި އަނހެނާގެ ކިބައިން މާފަށް އެދިވަޑައިގެން އަދި އޭނާ ރާއްޖެ އަންނަން ވެސް ދައުވަތު ދެއްވައިފައެވެ.

ނަމަވެސް އޭނާ ރާއްޖެ ގެންނަނީ އޭނާ ޜާއްޖޭގައި އުޅެން ބޭނުންވާ ގޮތަކަށް އުޅެންކަމެއް ރާއްޖޭގެ ޤާނޫނާ އެއްގޮތަށް އުޅެން ކަމެއް ވިދާޅެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަންހެން ފުލުހުންގެ ފައުޖެއް ބެއިތިއްބުމާއި އެ ފައުޖަށް ޚަރަދުކުރާނެ ފައިސާ ފުލުހުންގެ ބަޖެޓުގައި ހިމެނުމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ރަށްރަށުގައި އަންހެން ފުލުހުން ނުބައިތިއްބައި، ޤާނޫނު މުގުރާ އަންހެނުން ހުއްޓުވުމުގެ ބާރު ފިރިހެން ފުލުހުން އަތުން ނިގުޅައިގަތުމަކީ އަދި ފުލުހުން ވާޖިބު އަދާކުރުމުން ބިރުދެއްކުމަކީ އިނގިރޭސި ވިލާތް ފަދަ ރާއްޖޭގައި އިސްލާމް ދީން އޮތުމަށް ނުރުހޭ ޤައުމުތަކުން ރާއްޖޭގައި އަންހެނުން ރާއްޖެ ގެނުވައި އެމީހުން ލައްވައި އިސްލާމް ދީނާ އަދި ޤާނޫނާ ޚިލާފް ކަންކަން ފަތުރުރައި ކުރިއަރުވަން ކުރާ މަސައްކަތްކަމުގައި ޤަބޫލުކުރެވެއެވެ.

2002 ވަނަ އަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 50 އަހަރު ފާހަގަކުރާނެ އަހަރެވެ. ރާއްޖޭގެ ރިޒޯޓުތަކަށް އައި ފަތުރުވެރިއެއްގެ އެއްވެސް މައްސަލައެއް ދުވަހަކުވެސް ކުރިމަތިވެފައެއް ނުވެއެވެ. މައްސަލަތައް އުފައްދުވަމުން މިގެންދަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ދިވެހިން އިސްލާމް ދީނާއި ދުރުކުރުވުމުގެ ކެންޕޭނުތަކެއް ދިވެހި ދައުލަތުން ހިންގަމުން ގެންދާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް