އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދަރިންނަށް ލޯބިކުރުމުގެ ތެރެއިން ވެސް ނުހަނު ބޮޑު ޘަވާބާއި ދަރުމަ ލިބިގަނެވޭނެ! ފުރުޞަތުގެ ބޭނުން ހިފައި ޢާޚިރަތް ކާމިޔާބުކުރޭ!

ދަރިންނަށް ލޯބިކުރުމުގެ ތެރެއިން ވެސް ނުހަނު ބޮޑު ޘަވާބާއި ދަރުމަ ލިބިގަނެވޭނެ! ފުރުޞަތުގެ ބޭނުން ހިފައި ޢާޚިރަތް ކާމިޔާބުކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އެމީހެއްގެ ކިބައިގައި އިންށާނިއްޔަތުކަން ހުރި ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް ލޯބިކުރާނެއެވެ. ދަރިންނަށް ލޯބިދޭނެއެވެ! ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރާނެއެވެ! ﷲ ތަޢަލާގެ ދީލަތިވަންތަކަމުން މިވަނީ އަމިއްލަ އުފަލަށް ކުރާ މި މަސައްކަތަކީވެސް ނުހަނު ބޮޑު ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމެއް ކަމުގައި ލައްވަވައިފައެވެ.

"ޞައްޙަ ޢަޤީދާގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީނުގައި އެކަމުގެ މައްޗަށް ނުހަނު ބޮޑު ޘަވާބާއި ދަރުމަ އެކަށައެޅިފައިވާ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. އެކަމުގައި އެންމެ މުހިއްމު ކަމަކީ އެ އަޅުކަން ﷲ އަށް އިޚްލާޞްތެރިކަމާއެކު އަދާކުރުމާއި އެ އަޅުކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ." –ޝައިޚް މުޙައްމަދު ޝާފިޢް

މިމަތިވެރި ނިޢްމަތް ލިބިގަތުމަށްޓަކައި ބެލެނިވެރިން ކުރަން ޖެހޭ ކަމަކީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ މުހިއްމު ކަމަކީ އެ އަޅުކަން ﷲ އަށް އިޚްލާޞްތެރިކަމާއެކު އަދާކުރުމާއި އެ އަޅުކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ.

ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭމީހާ ބަލަންވީ ޔުނިސެފާއި ޕްރޮފެސަރުން ބުނާ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމަކަށް ނޫނެވެ! ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތުގައިވާ ފަދައިން ދަރިން ތަރުބިއްޔަތުކުރުމަށެވެ!

ބެލެނިވެރިންނަށް އޮތީ ފަތިސް ނަމާދަށް ދަރިން ހޭލައްވައި ގޮވައިގެން މިސްކިތަށް ދިއުމެވެ. ނޫން ނަމަ ގޭގައި ނަމަވެސް ފަތިސް ނަމާދުކުރުވުމެވެ. ކުއްޖާގެ ނިދި ހަލާކުވެ ގެއްލުން ލިބިދާނެތީ އެކަން ނުކޮށް ތިބެ ސޯ ބުނީމާ ފަތިހު ނަގައިގެން ކުޅިވަރުކުޅެންށާއި އެޑިޔުކޭޝަން މިނިސްޓްރީން އަންގާތީ ކަސްރަތުކުރަން ގެންދިއުމުން އެ ގޮންޖެހެނީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ!

ދިވެހި ދައުލަތް އިސްލާމް ނަމަވެސް ދައުލަތް ހިންގަން ތިބި މީހުން ފަތިހު ކުދިން ގެންދިއުމުން އެންމެ ކުޑަމިނުން ތިއަގެނައީ ނަމާދުކުރުވައިގެންތޯ ސުވާލެއްވެސް ނުކުރެއެވެ! އަދި ކުރިން ގާތު ފަތިސް ނަމާދުކުރިންތޯ ސުވާލެއްވެސް ނުކުރެއެވެ! ދައުލަތަށް ވާހަކަ ދެއްކުމުގެ ބާރު ލިބިގެންވާނަމަ ފުރަތަމަ ކުރާނީ މިފަދަ ސުވާލުތައްކަން ޔަޤީނެވެ!

ވީމާ މިކަންކަމަށް ބެލެނިވެރިން ހޭލުންތެރިވާށެވެ! ފުރުތަމަ ކަމަކަށް ތިމާމެންވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާށެވެ! އަދި ދަރިންވެސް އެގޮތުގައި ތަރުބިއްޔަތުކުރާށެވެ! އެކަމުން ލިބެން އޮތް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަންނާށެވެ! ކުރާ ކޮންމެ ކަމެއްވެސް ކުރަންވީ ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށެވެ!

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
18%
ރަނގަޅު
45%
އޯކޭ
18%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް