އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެމްއޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާނުކުރެވޭނެކަމާ ޓަރމިނަލް ހިންގަން ޖެހޭނީ އެމްއޭސީއެލުންކަން ޓީއެމްއޭއަށް އެންގިން!: ޢާދިލް

ޓީއެމްއޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާނުކުރެވޭނެކަމާ ޓަރމިނަލް ހިންގަން ޖެހޭނީ އެމްއޭސީއެލުންކަން ޓީއެމްއޭއަށް އެންގިން!: ޢާދިލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ޓީއެމްއޭއަށް ޓަރމިނަލް ހިންގަން ކުރިން ދީފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާނުކުރެވޭނެކަމާއި ޓަރމިނަލް ހިންގަން ޖެހޭނީ އެމްއޭސީއެލުންކަން ޓީއެމްއޭއަށް އަންގާފައިވާނެ ކަމަށް އެމްޑީޕީގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ޢާދިލް ސަލީމް ވިދާޅުވެއްޖެއެވެ. 

ޢާދިލް މިއަދު ވިދާޅުވީ ޓަރމިނަލް ހިންގަން އެއިރު އެއާޕޯޓް ހިންގަމުން ދިއަ ޖީއެމްއާރު ކުންފުންޏާއި ޙަވާލުކުރައްވަންވެސް މަސައްކަތް ކުރެއްވިން ކަމަށާއި ޖީއެމްއާރު އެއްބަސްވުމުގައި އެއިރުވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ޖީއެމްއާރަށް ޙަވާލުވާން ނުކެރުމުން ޙަވާލުނުކުރެވި އޮތީ ކަމަށެވެ. "މިއަދު މިއުޅެނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން. ވީމާ ދައުލަތަށް ގެއްލުންކޮށްފައި ޓީއެމްއޭއާ ޙަވާލުކުރަން ޖެހެންވީ އެއްވެސް ސަބަބެއް ނުވިސްނޭ!" 

ޢާދިލް ވިދާޅުވީ ރައްޔިތުން ވޯޓުލައިގެން ވެރިކަން ބަދަލުކުރީ ޤާނޫނާއި ޚިލާފަށް ނޫން ގޮތަކަށް ރައީސް ޔާމީނަށް ކަންކަން ކުރައްވަން އެނގިވަޑައި ނުގަތުމުން ކަމަށާއި ޤާނޫނާއި އެއްގޮތަށް ކަންކަން ކުރާނެ ކަމަށް ބުނެ ވެރިކަމާއި ޙަވާލުވުމަށްފަހު "ކުރިން ބައަކު ކަމެއް ކުރިގޮތް" ބަހަނާއަކަށް ދައްކައި ޤާނޫނުތަކާއި ޚިލާފަށް ކަންކަން ކުރަން އުޅުމުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

"މިސާލަކަށް ދަރިއަކު ގޯސްކޮށް ކަމެއް ކުރީމާ އެކަން ރަނގަޅުކުރުވުމުގެ ޒިންމާ އުފުލަން ޖެހޭ ބެލެނިވެރިން، އާނ ތިކުރީ ގޯސްކަމެކޭ އަދިވެސް ގޯސްކޮށް ކޮށްލާށޭ ނުބުނެވޭނެ"

ޢާދިލް ވިދާޅުވީ ގޯސްކޮށް ކޮށްފައި ހުރި ކަންކަން އިޞްލާޙްކުރުމުގެ މަޤްޞަދުގައި ވެރިކަމަށް އައި ބައެއްގެ މަސްއޫލިއްޔަތަކަށްވާން ޖެހޭނީ ކަންކަން ރަނގަޅުކުރުން ކަމަށެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާ ގޮތަށް ކުރިން ކޮށްފައި ހުރި ކަންކަން ޖެހޭނީ އިޞްލާޙްކޮށް އެކަމަކުން ދައުލަތަށް އެންމެ ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަށް ކަންތައް ކުރަން ކަމަށެވެ. 

"ސީޕްލޭން ޓަރމިނަލް ޓީއެމްއޭ އަށް ދޭން ޖެހޭނެ އެއްވެސް ޤާނޫނީ ސަބަބެއް ނެތް! ޓަރމިނަލ ހިންގަން ޖެހޭނީ އެމްއޭސީއެލް ކުންފުނިން. އެއިރުން ތަފާތު އެއާލައިންތަކަށް ހަމަހަމަކަމާއިއެކު ފުރުޞަތުތައް ފަހިކޮށްދެވޭނީ. އެއްބައަކަށް ފައިދާ ބޮޑުވާ ގޮތަށް ކުޑައަގެއް ނަގައިގެން ޚިދުމަތްތައް ދެވޭ ގޮތަށް ނިންމުންތައް ނިންމީމާ ސީ ޕްލޭންގެ ޚިދުމަތްދޭ އެހެން އެއާލައިންތަކަށް ގެއްލިގެން އެދަނީ ވާދަކުރުމުގެ ފުރުޞަތު. އަނެއްކާ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށޭ ކިޔައިގެން މިހޯދީ ހަމައެކަނި އެރައިވަލް ޓަރމިނަލް ކަމަށްވާނަމަ މިކިޔާ ލަވަ ދިމައެއް ނުވޭ! ޓީއެމްއޭ އަކީ ދިވެހި އެއާލައިނެއްވެސް ނޫން!" ޢާދިލް ސަލީމް ވިދާޅުވިއެވެ. 

"އިޤްޠިޞާދަށް ގެއްލުންވިޔަސް މިބައިކޮށް ކޮށްފައޮތް ކަމެއް ޤަބޫލުކުރުމަކީވެސް ޤައުމު އިޞްލާޙް ކުރެވޭނެ ގޮތެއް ނޫން! އިޞްލާޙް ކުރުމުގެ ބަދަލުގަ އިތުރަށް ތަޣައްޔަރުވާން ބޭނުމެއް ނޫން! ވައްކަން ނުކުރިޔަކަސް ޒިލޭބީ ކެވިދާނެ! ގެއަށް ވައްދަނީ ޙަލާލް ފައިސާއަށް ވާން ޖެހޭ! ވޯޓުދިނީ މިމަގަށް އިޞްލާޙްކުރަން!" ޢާދިލް ސަލީމް ވިދާޅުވިއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް