އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަދޫގައި ފެންބޮޑުވެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

ނަރަދޫގައި ފެންބޮޑުވެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ރޭ ށ. ނަރުދޫއަށް ކުރި ވިއްސާރައިގައި އެރަށުގައި ފެންބޮޑުވެ ބައެއް ގެތަކަކަށް ގެއްލުންވެއްޖެއެވެ.

ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް 3 ފޫޓަށް ވަނީ ފެންބޮޑު ވެފައެވެ. އަދި 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މީގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް އެރަށުގައި ހުންނަ ފެނަކަ ބްރާންޗުން މަޢުލޫމާތުދެއެވެ. މި ގެތަކުގެ ތެރެއިން ދިރި ނޫޅެވޭވަރަށް ގެއްލުންވި ގެއަކުން މީހުންވެސް ވަނީ ބަދަލުކޮށްފައެވެ.

ފެނަކައިން ބުނީ މިހާރު އެމްއެންޑީއެފާއި ރަށުކައުންސިލާ ގުޅިގެން އެ ރަށުގެ ދެ ސަރަޙައްދެއްގައި ޕަމްޕް ޖަހައިގެން ފެންހިއްކުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށްވެސް އެ އިދާރާއިން ލާފާކުރެއެވެ.

އެރަށުގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިންދުމަށް އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ