އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަންސަވީސް ބުރީގެ ޢިމާރާތުން ގެއްލުންވީ އަށްޑިހަ މިލިއަން ޑޮލަރު! ޓީއެމްއޭއަށް ނުއަގުގަ ޓަރމިނަލް ދިނުމުން އަހަރަކު 55 މިލިއަން ޑޮލަރުގެ ދާއިމީ ގެއްލުމެއް!

ފަންސަވީސް ބުރީގެ ޢިމާރާތުން ގެއްލުންވީ އަށްޑިހަ މިލިއަން ޑޮލަރު! ޓީއެމްއޭއަށް ނުއަގުގަ ޓަރމިނަލް ދިނުމުން އަހަރަކު 55 މިލިއަން ޑޮލަރުގެ ދާއިމީ ގެއްލުމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 37 ސިކުންތު

ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ އައިޖީއެމްއެޗްގައި 25 ބުރިއަށް އެޅި ޢިމާރާތުން ކޮރަޕްޝަނުގެ ގޮތުގައި 90 ވަރަކަށް މިލިއަން ޑޮލަރު ގެއްލުންވި ވާހަކައެވެ. 50 ވަރަކަށް މިލިއަން ޑޮލަރަށް ބިޑްކޮށްފައި ވަނިކޮށް 140 މިލިއަން ޑޮލަރަށް މަސައްކަތް ޙަވާލުކުރި ވާހަކައެވެ. 

މިހާރު މިއިވެނީ އަހަރަކު އެމްއޭސީއެލްއަށް 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ގޮތަށް ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދޭކަމުގެ ވާހަކަތަކެވެ. އެހެންކަމަށްވާނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. 10 އަހަރަށް ދީފި ނަމަ 550 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމުމެކެވެ. މީގެ އިތުރުން ސީޕްލޭންގެ ޚިދުމަތްދޭ އެހެން ކުންފުނިތައް "ކަނޑުފެއްތުން" ފަދަ ކަމެކެވެ. 

ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސެވެ! ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ! ހުރިހާ ދިމާޢަކުން ވެސް މިފެންނަނީ އެއް ނަސްލެއްގެ އެއް ބައަކަށް ޤައުމު ޤުރްބާން ކުރެވޭތަނެވެ! 

ތިރީގައި އެވަނީ މިކަން ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވޭ ސަބަބުގެ މައްޗަށް އަވަސް އޮން ލައިންގައި ޝާއިޢުޔެފައިވާ ލިޔުމެކެވެ.

ޓީއެމްއޭއަށް ލަފާދޭ ކުންފުނީގައި ޝައުނާގެ މަސްލަހަތު

ޓްރާސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ރާއްޖެއިން ލަފާދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޓޯލް ކޮމިއުނިކޭޝަންސްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު އޮންނަ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމާއި ގުޅޭގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެ ހިޔާލުތަފާތުވުންތައް އޮއްބާލައި ސަރުކާރުން ބޭނުން ވަނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭއަށް ދޭން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަތައް ދައްކާ ތުހުމަތައް ވެސް ކުރަމުންނެވެ. އަދި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން މި މައްްސަލާގައި ވާހަކަދައްކަމުން ދަނީ ޓީއެމްއޭއިން އެ ފަރާތްތަކަށް ލިބޭ މާލީ މަންފާގެ ބޭނުމުގައި ކަމަށް ވެސް ވާހަކަ ދެކެވެމުން ދެއެވެ.

މި ތުހުމަތުތައް ކުރެވިފައި ވަނިކޮށް ޓީއެމްއޭ އަށް ރާއްޖެއިން ލަފާދޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޓޯލް ކޮމިއުނިކޭޝަންސްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ބައިވެރިވުމެއް ކުރިން އޮތް ކަމަށް ވަނީ ހާމަވެފަ އެވެ. އަދި މިހާރުވެސް އެ ކުންފުނީގައި އޭނާގެ ފިިރިކަލުން މުހައްމަދު ތޯރިގް ހާމިދުގެ ހިއްސާ އޮންނަކަން ހާމަވެފައި ވެއެވެ.

ޝައުނާއަށް ކުރެވޭ އެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ. އަދި އެޓޯލް ކޮމިއުނިކޭޝަންގައި އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޝައުނާގެ އެ ވާހަކަތައް ދޮގުކޮށް ސޯޝަލް މީޑިއާގައި ޝައުނާާާއާ އެ ކުންފުންޏާ ގުޅުން އޮންނަކަން ހާމަކޮށްދީ ވަރަށް ގިނަ މައުލޫމާތުތައް އާންމުން ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި މީގެ ކުރިން ޝައުނާ މަސައްކަތް ކުރެއްވިކަން ލިޔެކިޔުންތަކުން ހާމަވާ ކަމަށް ބުނެ އެ ފަދަ ލިޔެކިޔުންތައް ވެސް ވަނީ އާންމު ކޮށްފަ އެވެ.

އަދި މިހާރުވެސް އެ ކުންފުނީގައި ހިއްސާ އޮތް އިނގިރޭސިވިލާތުގެ ޕޯލް ރޮބާޓްސްއާ ޝައުނާއާ އޮތް ގުޅުމާއި ބެހޭ ގޮތުންވެސް ބައެއް މީހުން ވަނީ ވާހަކަ ދައްކާފަ އެވެ. ޕޯލް ރޮބާޓްސްއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި މަސައްކަތް ކުރި މީހެކެވެ. އޭރު ޝައުނާ ވެސް މަސައްކަތް ކުރެއްވީ ރައީސް އޮފީހުގަ އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.

މި މައްސަލަގެ ބަހުސް ވަރަށް ބޮޑުވެފައި ވަނިކޮށް ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ޓީއެމްއޭ އާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އައުން މުހިންމު ކަމަށާއި އެކަމަށް ގޮތެއް ނުހޯދިއްޖެ ނަމަ އެ ކުންފުންޏަށް ބަދަލު ދޭން ޖެހުން ވަރަށް ގާތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އާ ސީޕްލޭން ޓާމިނަލްއާ ގުޅިގެން މިހާތަނަށް އެއްވެސް ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައި ނެތް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްލިއަކަށް އެއްބަސްވުމެއްގެ ވާހަކަ ވިދާޅުވެ، ގެއްލުމުގެ ބަދަލު ދޭން ޖެހޭ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.

އަދި ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީ ޓީއެމްއޭގެ މައި ކުންފުނީގެ ވަކީލެއްގެ ގޮތުގައި ނަޝީދުގެ ކުރީގެ ވަކީލް ޖެރަޑް ޖެންސާ ހިމެނިވަޑައިގަންނަ ވާތީ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. އެ މައްސަލަ ބޮޑުވުމުން ޖެރަޑް ޖެންސާ ވަނީ އޭނާއަކީ މިހާރު ނަޝީދުގެ ވަކީލެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް