އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޢްރާޖް އަރައިވަޑައިގަތީއެއް ނޫނެވެ! ﷲ ތަޢާލާ 7 ވަނަ އުޑަށް ރަސޫލް (ޞޢވ) އުފުއްލެވީއެވެ!: ޝައިޚް އިލްޔާސް

މިޢްރާޖް އަރައިވަޑައިގަތީއެއް ނޫނެވެ! ﷲ ތަޢާލާ 7 ވަނަ އުޑަށް ރަސޫލް (ޞޢވ) އުފުއްލެވީއެވެ!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

މީސްތަކުން ރަސޫލް (ޞޢވ) މިޢްރާޖް އަރައިވަޑައިގެންނެވިކަމަށް ބުނި ނަމަވެސް ރަސޫލް (ޞޢވ) މިޢްރާޖް އަރައިވަދައިގަތީއެއް ނޫނެވެ. ﷲ ތަޢާލާ ރަސޫލް (ޞޢވ) 7 ވަނަ އުޑަށް، އެކަލާނގެ ޙަޟްރަތަށް އުފުއްލެވީއެވެ. 

އެކަން އެނގެނީ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުންނެވެ! 

"އެކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްހަރަމުން، އަލްމްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްއިސްރާ: 1) 

މިއާޔަތުގައި އެވަނީ ﷲ ތަޢާލާ އިތުރު އެކަލޭގެފާނު (ޞޢވ) ގެންދެވި ކަމަށެވެ. ވަޑައިގެންނެވި ކަމަކަށް ނޫނެވެ. 

ﷲ ތަޢާލާ ކަމަކަށް އިރާދަ ކުރެއްވެވުމުން އެކަމެއް ވާނެއެވެ! އެކަން ވާން ދުނިޔަވީ އެއްވެސް ސަބަބެއް މެދުވެރިވާކަށް ނުޖެހޭނެއެވެ! އަދި އެކަންވެދާނެ ކަމަށް ޝައްކުކޮށް ވިސްނުމެއް ވެސް ނެތެވެ. އެހެނީ ކޮންމެ ކަމެއް ވުމަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެކަމެއް އޮންނާނީ ވެ ނިމިފައެވެ.

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން 

އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅާއިބެހޭގޮތުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ރޭ ދެއްވި ދަރުސްގައި ވަނީ އެ ދަތުރުފުޅަކީ ޙަޤީޤަތެއްކަން ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވަވައިފައެވެ. އަދި އެކަން ދޮގުކުރުމަކީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ދޮގުކުރުންކަން ވެސް ބަޔާންކޮށްދެއްވަވައިފައެވެ. މީގެ އިތުރުން އެ ނިޢްމަތް ރަސޫލް (ޞޢވ) އަށް ދެއްވެވި ސަބަބުވެސް ވަނީ ވަރަށް ތަފްޞީލްކޮށް ބަޔާންކޮށް ދެއްވަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް