އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑޮނޭޝިއާއިން ހައްޔަރުކުރި 4 ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ވެސް ހިމެނޭ!

އިންޑޮނޭޝިއާއިން ހައްޔަރުކުރި 4 ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ވެސް ހިމެނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

އިންޑޮނޭޝިއާއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ހަތަރު ދިވެހިންގެ ތެރޭގައި ޝެއިހް މުހައްމަދު ހަސަން ވެސް ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޝެއިހް މުހައްމަދު ހަސަން އަކީ ދާދިފަހުން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި އިސްލާމިކް މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރި ޝޭހު ތެރޭގައި ހިމެނޭ ފަރާތެކެވެ. 

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ އިންޑޮނޭޝިޔާއިން ހައްޔަރު ކުރީ 46 އަހަރާއި، 39 އަހަރާއި، 36 އަހަރާއި އަދި 34 އަހަރުގެ ދިވެހި ފިރިހެނުންކަމަށާއި މިމީހުން އިންޑޮނޭޝިޔާއަށް ދިޔައީ މެލޭޝިޔާ މަގުން ކަމަށެވެ.

މިމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އަދި އެނބުރި ރާއްޖެވެސް އައިސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝެއިހް މުހައްމަދު ހަސަން ގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލް ކުރީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ބައިބައިވުމާއި ފިތުނައަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ އެވެ. އެހެންނަމަވެސް ޝެއިހް މުހައްމަދު ހަސަން ވަނީ މި ތުހުމަތުތަށް ދޮގުކުރައްވާފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު