އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިރާނުން އޮޅިގެން ވައްޓާލި މަތިންދާބޯޓުގެ ކަޅުފޮށި ހަވާލު ކުރުމަށް ގޮވާލައިފި!

އިރާނުން އޮޅިގެން ވައްޓާލި މަތިންދާބޯޓުގެ ކަޅުފޮށި ހަވާލު ކުރުމަށް ގޮވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

މިދިޔަ މަހު އީރާނަށް އޮޅިގެން ވައްޓާލެވުނު ޔުކްރެއިންގެ މަތިންދާބޯޓުގެ ކަޅުފޮށި ހަވާލުކުރުމަށް މަތިންދާބޯޓުގައި ތިބި ފަސިންޖަރުން ނިސްބަތްވާ ޤައުމުތަކުން އީރާނަށް ގޮވާލައިފިއެވެ.

އެގޮތުން، މިއުނިކް ދިފާޢީ ބައްދަލުވުމުގެ ހަވާސާގައި އަފްޣާނިސްތާނާއި ކެނެޑާއާއި ޔުކްރެއިންނާއި އިނގިރޭސިވިލާތާއި ސުވިޑެންގެ ޚާރިޖީ ވަޒީރުންވަނީ ބައްދަލުކުރައްވާފައެވެ.

އެބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނެޑާގެ ޚާރިޖީ ވަޒީރު ފްރެންސުވާ ފިލީޕް ޝެމްޕޭން ވިދާޅުވީ ދޮގު ޚަބަރުތަކާއި ވާހަކަތަކަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބަކީ ދެފުށްފެންނަ ސިޔާސަތެއް ގެންގުޅުންކަމަށާއި ވައްޓާލި މަތިންދާބޯޓުގެ ކަޅު ފޮށި ބައިނަލްއަޤުވާމީ ފަރާތްތަކާ ހަވާލުކުރުމަށް ގޮވާލައްވާކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރަޑާއޫ ވިދާޅުވެފައިވަނީ އެކަމާގުޅޭ މިނިވަން އަދި ފުރިހަމަ ތަހުޤީޤެއް ހިންގަން ޖެހޭކަމަށެވެ. އެހެންނަމަވެސް، އީރާނުންވަނީ އެމަތިންދާބޯޓުގެ ކަޅުފޮށި ފޮނުވުމަށް ކެނެޑާގެ ބޮޑުވަޒީރު ގޮވާލާފައިވާ ގޮވާލުންތަކަށް އިޖާބަ ނުދެއްވާނެކަމަށް ބުނެފައެވެ.

އެޙާދިސާގައި ފްލައިޓުން ދަތުރުކުރި 176 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ކެނެޑާގެ ރައްޔިތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ