އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމު ފެއިލްވެފައިވާ ސްޓޭޓަކާ ދިމާއަށް ދަނީ އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން!: ޝައިޚް ޝަފީޢު

ޤައުމު ފެއިލްވެފައިވާ ސްޓޭޓަކާ ދިމާއަށް ދަނީ އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން!: ޝައިޚް ޝަފީޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

އޯގާތެރިކަން އިސްކުރަން ޖެހޭ މައުޤިފުތައް ވެރިއަކަށް ކުރިމަތިވާ ގޮތަށް، ވަރުގަދަ ކަމާއި ހަރުކަށިކަން ދައްކަން ޖެހޭ މައުޤިފުވެސް އަންނާނެއެވެ. މިސާލެއްގެ ގޮތުން، އެންމެ ޙަދީޘްފުޅެއް ފުދެއެވެ. ރަސޫލާ صلى الله عليه وسلم ގެ ދަރިކަނބަލުން ފާޠިމާ ވައްކަން ކުރެއްވިޔަސް، އަތް ކަނޑުއްވާ ހުށީމެވެ. 

ވެރިއެއްގެ ހުންނަން ޖެހޭ ސިފައަކީ، ފިޔަވަޅު އަޅަން ޖެހޭ ވަޤުތުގައި ފިޔަވަޅު އަރަން ކެރުމެވެ. އެއީ އެންމެ ގާތް މީހާ އާ ދެކޮޅަށް ވިޔަސް މެއެވެ. އަދި، ކެރިގެން ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރެވެ. 

މިއަދު ދިވެހި ޤައުމު ފެއިލްވެފައިވާ ސްޓޭޓަކާއި ދިމާއަށް މިދާ ސަބަބަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ، ރައީސުލްޖުމްހޫރިއްޔާއަށް ޤައުމުގެ ކަންކަން އިޞްލާޙްކުރައްވަން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަން ފަސްޖެހިވަޑައިގަންނަވަމުން ގެންދަވާތީ ކަމުގައި ފާހަގަކުރެވެއެވެ!   

މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އެމްޑީޕީގެ ރައީސް ނަމަވެސް ކަނޑައެޅިގެން އިސްލާމް ދީނުގެ އުޞޫލްތަކާ ޚިލާފް ވާހަކަތައް މަޖިލީހުގަ އާއި އެހެން ތަންތަނުގައި ދައްކަމުން ގެންދާނަމަ އަދި އެފަދަ ކަންކަން ކުރަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާއިރު އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގައި ނުހިމެނޭ ބައްދަލުވުންތައް މަޖިލިސްކުރާގޭގައި ބާއްވައި އެކަމުގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ނަމަ އެކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެކަންކަން އަވަސްކުރަންވެސް ޖެހޭނެއެވެ.   

ބަނޫ އިސްރާއީލު މީހުން ހަލާކުވެގެން ދިއައީ، އެބައިމީހުންގެ ޝަރަފުވެރިން ކުށް ކުރީމާ އަދަބު ނުދީ، ނިކަމެތިން ކުށް ކުރީމާއި އަދަބު ދިނުމުގެ ސަބަބުން ކަމަށް ޙަދީޘްފުޅުތަކުގައި ވެއެވެ. ވީމާ މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކޮންމެ ޒަމާނެއްގައި ވެސް އެކަން އެގޮތަށް ހިނގަމުންދާނެއެވެ. 

އަޅުގަނޑުމެންގެ ޙާލަތުވެސް އެފަދަ ދަރަޖައަކަށް މި ވަނީ ގޮސްފައެވެ. އެގޮތުން، ބާރުގަދަ މީހުންނާއި ނުފޫޒުގަދަ މީހުން ކުރާ ކުށަކަށް އަދަބު ދެވޭ ތަނެއް ނުފެންނަ ތަނުގައި އަބަދުވެސް އަޑު އިވެނީ ރިހާކުރު ފުޅިއެއް ވަގަށް ނެގި ނިކަމެތި މީހާއަށް އެތައް އަހަރުގެ ޖަލު ޙުކުމެއް ކުރާ އަޑެވެ. ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވާ މީހުންނަށް ދެވިގެން ދަނީ އިއްޒަތްތެރި މަޤާމާއި ޝަފަރެވެ. 

ޤައުމުގެ ހަރު މުދައު ކޮންޓްރޯލު ކުރަމުން ދަނީ އެމީހުންގެ ތަނަވަސްކަމުން ރައްޔިތުންނަށް އެހީތެރިނުވެ ހަމައެކަނި އެމީހުންގެ ތަނަވަސްކަން އިތުރުކުރަން ކުރިމަތިލައިގެން ތިބި މަދު ބައެކެވެ. އެބައިމީހުންނަށް އެ ފުރުޞަތު ދެމުން ދަނީ އަބަދުވެސް އެއިރަކު ވެރިކަމުގައި ތިބޭ ބައެކެވެ. އެބައަކަށްވެސް އެކަމުގެ ނާޖާއިޒު ފައިދާ ލިބޭ ގޮތެއްގެ މަތިންނެވެ. 

ރައްޔިތުންނަށް އެހީތެރިވެ ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާނަމަ އެމީހަކަށް ގެންދަނީ ފާއިތުވި ކޮންމެ ސަރުކާރަކުން ވެސް ބިރުދައްކައި ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. ބޮޑެތި ގެއްލުންތައް ދެމުންނެވެ. 

ކިތަންމެ ވަރުގަދަ ލީޑަރެއް ނަމަވެސް ޒީރޯ ޓޯލަރެންސް ދައްކަން ޖެހޭ ތަންތަނުގައި ހަމައެކަނި، މޮޅު ވާހަކަތައް ދެއްކުމަށްފަހު ޢަމަލުން އެކަން ތަންފީޒު ނުކުރާނަމަ ދެއްކި ވާހަކަތައް ޢަމަލީ މައިދާނުގައި ދާނީ ޒީރޯ ވެގެންނެވެ. 

- ޝައިޚް ޝަފީޢު ޢަބްދުﷲ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް