އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރަނީ!

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަމަޖެހިފައިވާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާރިސް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. މީގެއިތުރުން މި އިމާރާތް އެއްކޮށް ނިންމާލުމަށް 6،214،108.26 ރ ޚަރަދުވާނެކަމަށް މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ. 

ދެބުރީގެ އިމާރާތެއް ގޮތުގައި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާއިރު މިތަނުގައި 4 ކްލާސް ރޫމަކާއި، އޮޑިޓޯރިއަމް އަކާއި، ލައިބްރަރީއެއް ހިމެނޭނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ޤެރުއާނުގެ ޢިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަށް ރާއްޖޭގެ އެކި ރަށްރަށުގައި ވަނީ ޤާއިމްކޮށްފައެވެ. މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާފައެވެ. 

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ގޮތަށް ޤާއިމު ކުރެވޭ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުންދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު