އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ ކިބައިން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރައްވާ!: ޑރ. އިޔާޟް

އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ ކިބައިން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރައްވާ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

"ޤައުމަށް ހެވެއް އަދި ލާބައެއް ލިބިދާނެ ކޮންމެ ކަމަކަށް ލާދީނީ ބައިގަނޑު ދެކޮޅުހަދާނެއެވެ. މިއީ އަޅުގަނޑުމެންގެވެސް ޤައުމެވެ. އެފަދަ ޚާއިނުންގެ ކިބައިން ޤައުމު ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން ޖެހެއެވެ. އެއާއިއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރަން ޖެހެއެވެ!" –ޑރ. މުޙައްމަދު އިޔާޟް  

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ޑރ. ބިލާލް ފިލިޕްސް އަކީ އެތައް ސަތޭކަ ދީނީ ފޮތް ލިޔުއްވާފައިވާ ޢިލްމުވެރިއަކަށްވާއިރު އެއިން އެއްވެސް ފޮތެއްވެސް ނުކިޔައި، އެއްވެސް ހެއކެއް ދަލީލެއްވެސް ދެއްކެން ނެތި ޑރ. ބިލާލް ފިލިޕްސްގެ އިސްތަށިފުޅުގައި "ހައްދުފަހަނައަޅާފައިވާ ހަރުކަށި" ވިސްނުމުގެ ބޭފުޅެއްގެ އިލްޒާމް އަޅުވާފައިވާތީ އެކަމުގެ އެއްވެސް ހެއްކެއް ދެއްކުމަށް ގިނަ ބއަކު ގޮވާލަމުން ގެންދާ ވަގުތެއްގައެވެ.  

މީގެ އިތުރުންވެސް ޑރ. އިޔާޟް ވަނީ 2 ސުވާލެއް ކުރައްވައިފައެވެ. "މާފުށީގައި އޮރިޔާމުން އުޅުނު އަންހެނަކު ހަމަމަމަގަށް އަޅުވަން އުޅުނީމާ ފަތުރުވެރިކަމަށް ގެއްލުންވެދާނެ ކަމަށް ބިރުން އުޅުއްވި ބޭފުޅުން ޑރ. ބިލާލް ފިލިޕްސް ރާއްޖެވަޑައިގަންނަވާތީ ކަންބޮޑުވެލައްވަނީ ކީއްވެގެންބާ؟ އެއަނހެން މީހާ އުޅުނު ގޮތަށް ރަށުތެރޭގަ އޮރިޔާމުން ނުހިނގާނެތީތޯ؟" 

ޝައިޚް ޢަލީ ޒައިދުވެސް ވަނީ ހަމަ މިފަދަ ބަސްފުޅެއް ވިދާޅުވެފައެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެމްޕީކަން ލިބުމުން އެއީ މާބޮޑު ބާރަކަށް ހަދައިގެން އުޅޭއިރު ދުނިޔޭގެ އެންމެ ބޮޑެތި ރަސްރަސްކަލުންނަށްވުރެ ﷲ ތަޢާލާ މާމަތިވެރިވެވޮޑިގެންވާކަން ވެސް ނޭނގެނީތޯއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް