އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިދުމަތް މެދުކަނޑާނުލައި ޝެޑްތަކަށް ތެޔޮ އެޅޭނެ ގޮތެއް ހަމަ ނެތީތޯ؟

ޚިދުމަތް މެދުކަނޑާނުލައި ޝެޑްތަކަށް ތެޔޮ އެޅޭނެ ގޮތެއް ހަމަ ނެތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

މާލޭގައި ހުރި ޕެޓްރޯލް ޝެދްތައް މަދުވެފައި ޕެޓްރޯލް އަޅަންޖެހޭ ވެހިކަލްތައް ގިނަވުމުން އަބަދުހެން ފެންނަނީ ދިގު ކިޔޫތައް ހަދާފައި އޮންނަތަނެވެ. ހަމައެއާއިއެކު ޓޭންކަށް ޕެޓްރޯލް އަޅަން ކޮންމެވެސް ޝެޑެއް ބަންދުކޮށް ޚިދުމަތް ނުދޭ ވަގުތުތައްވެސް ވަރަށް ގިނައެވެ! 

އެހެންކަމުން ގިނަ ބައަކުކުރާ ސުވާލަކީ މިނޫން ގޮތަކަށް މިކަމުގެ އިންތިޒާމް ހަމަ ހަމަނުޖެއްސޭނީތޯއެވެ؟ މެންދުރު މަގުތު ނުވަތަ އިރުއޮއްސޭ ވަގުތު ފަދަ ޚިދުމަތް މެދުކަނޑާލާ ވަގުތުތަކުގައި ނުވަތަ ހެނދުނު ޚިދުމަތް ދޭން ފެށުމުގެ ކުރިން ޓޭންކަށް ހަމަ ތެޔޮ އަޅައިނުލެވޭނީތޯއެވެ؟ 

އެފްއެސްއެމްގެ 1 ޝެޑުން 24 ގަޑިރު ޚިދުމަތްދެއެވެ. އެކަމުގެ ސަބަބުން ވެސް ގިނަ ބައަކަށް ވަރަށް ބޮޑަށް ފަސޭހަވެއެވެ. ނަމަވެސް މަދުވަގުތަކު ނޫނީ އެ ޝެޑުގައިވެސް ދިގު ކިޔޫއެއް އޮންނަކަން ފާހަގަކުރެވެއެވެ. މިކަމުން އެނގިގެންދަނީ ޚިދުމަތް ދެވޭ ޝެޑްތައް އަދިވެސް މަދުކަން ކަމުގައި ފާހަގަކުރެވެއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް