އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ހެޔޮ ކަމެއް އެންމެ މޮޅަށް ކުރަންފެށުމުގެ ނިޔަތުގައި ކުރަން ނުފަށައި ލަސްކުރުމެއް ނެތެވެ!: މުފްތީ މެންކް

އެއްވެސް ހެޔޮ ކަމެއް އެންމެ މޮޅަށް ކުރަންފެށުމުގެ ނިޔަތުގައި ކުރަން ނުފަށައި ލަސްކުރުމެއް ނެތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އެއްވެސް އިންސާނަކީ ހުރިހާ ކަމެއް ފުރިހަމަ މީހެއް ނޫނެވެ! ބައެއް ކަންކަން ފުރިހަމަކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެއްވެސް އިންސާނެއްގެ ކިބައިގައި ހުރިހާ ގޮތަކުން ފުރިހަމަ އެއްވެސް ސިފައެއް ނުހުންނާނެއެވެ! 

އަހަރެމެން އީމާންވެގެން މިތިބީ ހުރިހާ ސިފަފުޅުތަކެއް އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާ ﷲ ތަޢާލާއަށެވެ. އިންސާނުންގެ ކިބައިގައި ހުންނާނެ އުނިސިފަތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. 

ވީމާ އެއްވެސް ހެޔޮ ކަމެއް އެންމެ މޮޅަށް ކުރަންފެށުމުގެ ނިޔަތުގައި ކުރަން ނުފަށައި ލަސްނުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމެއްވެސް އެމީހަކަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަން މަސައްކަތްކުރުމަށެވެ. އަބަދުވެސް ކަންކަން ދަސްކޮށް އެންމެ ފުރިހަމަކުރަން މަސައްކަތްކުރުމަށެވެ! 

ސުވާލަކީ ހެޔޮ އަމަލުތައް ކުރުމުގައި ދޭންޖެހޭ ވަރަށް ސަމާލުކަން އެބަ ދެވޭ ހެއްޔެވެ؟ ކުރަނީ އެމީހަކަށް ކުރެވޭ ހަމަ އެންމެ ރަނގަޅަކަށް ހެއްޔެވެ؟ ފަރުވާކުޑަކުރަން ބިރުވެތިވާށެވެ! އަހަރެމެންނަށް އަމަލުކުރެވޭ ގޮތާއި ހިތުގައިވާ ކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ!  

- މުފްތީ މެންކްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް