އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ މީހަކަށް ވެސް މީސްތަކުންގެ ހެޔޮ ދުޢާ ހޯދިދާނެއެވެ! އެއީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ!: މުފްތީ މެންކް

ކޮންމެ މީހަކަށް ވެސް މީސްތަކުންގެ ހެޔޮ ދުޢާ ހޯދިދާނެއެވެ! އެއީ ސުވަރުގެ ލިބުމަށް އޮތް މަގެކެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ކޮންމެ މީހަކީވެސް ދުނިޔެ ދޫކޮށްފައި ދާން ޖެހޭނެ މީހެކެވެ! އެންމެ މުހިންމު އެއް ކަމަކީ ތިބާ ދުނިޔެ ދޫކޮށްފައި ދާއިރު ތިބާ އާއިމެދު ދުނިޔެ ދެކޭނީ ކޮން ގޮތަކަށް ކަމާއިމެދު ވިސްނައިލުމެވެ. 

މިއީ ވަރަށް މުހިންމު ކަމެކެވެ. ވިސްނަން ޖެހޭނެ ކަމެކެވެ. އަތުގައި ތަނަވަސްކަން ނެތް ނަމަ މިސްކިތެއް އެޅުން ފަދަ ކަމެއް ނުކުރެވިދާނެއެވެ. ޞަދަޤާތުގެ ފައިސާތަކެއް ނުބެހިދާނެއެވެ. 

ނަމަވެސް ކުރެވޭނެ ކަންކަން އެބަހުއްޓެވެ! ހެޔޮލަފާ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ. އެހެން މީހުންނަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެވިދާނެއެވެ! ފައިސާވެރިކަން ނޫން ކަންކަމުގައި މީހުންނަށް އެހީތެރިވެދޭ މީހެއްގެ ގޮތުގައި ވެސް އުޅެވިދާނެއެވެ! 

ތިބާއަކީ ހެޔޮލަފާ ތަޤްވާވެރިއަކަށްވެފައި މީސްތަކުންނަށް ހިތްހެޔޮ އޯގާތެރިއަކު ކަމުގައި ވެއްޖެ ނަމަ މީސްތަކުން ތިބާގެ ހަނދާންކުރާނެއެވެ! ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެއެވެ! މީސްތަކުންގެ ހެޔޮ ދުޢާ އަކީވެސް މުސްލިމުންނަށް ސުވަރުގެ ވަދެވެން އޮތް މަގެކެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް