އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތެއް ކުރަން ބިރުވެތިވާށެވެ!

ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތެއް ކުރަން ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ނަމާދަށް ތިބެ ގައިގެ ތަންތަން ކެހުމާއި ސަޖިދަވަޅު ނޫން ތަންތަނަށް ބެލުމާއި މިފަދަ އިތުރު ޙަރަކާތްތައް ކުރުމަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ! އެފަދަ ޢަމަލުތަކުން އަންގައިދެނީ އެމީހެއްގެ ހިތުގައި ނަމާދަށް އޮތް ސަމާލުކަން ކުޑަ ކަމެވެ. ނަމާދުކުރި ނަމަވެސް ފޫހިކަންމަތީގައި ހުރެގެން ނަމާދުކުރާ ކަމެވެ. 

ނަމާދަށް ހުރެ ނަމާދުން ބޭރު ޙަރަކާތް ކުރަން  ބިރުވެތިވާށެވެ! އެފަދަ ޙަރަކާތެއް ކުރަންވާނީ ދެން އެހެން ގޮތެއް ނެތިއްޖެ ޙާލަތުގައެވެ. ﷲ ތައާލާ ނަމާދުކުރަން އަންގަވާފައިވަނީ ފަރުވާތެރިކަމާއިއެކު އެކަމަށް ސަމާލުކަން ދީގެންނެވެ. މަޑުމައިތިރިކަމާއިއެކުގައެވެ. 

"ތިއަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމްވެ ތިބޭށެވެ! (އަލްބަޤަރާ: 238) 

ކުރާ ނަމާދު ނަމާދަކަށް ވާނީ އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުމުންނެވެ. ރަސޫލް (ޞޢވ) ޞަހާބީންނަށް ދަސްފުޅުކޮށް ދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ! ވީމާ ނަމާދުކުރުމުގައި އިތުރު ޙަރަކާތް ކުރުން ފަދަ ކަންކަން ކުރުމާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ! އެކަމަށް އެދޭ މީހާ އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ތިމާ ހުއްޓި މިހިރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމެވެ. ތިމާ ކުރާ އަމަލުތައް ﷲ ތަޢާލާ ވަގުތުން ބައްލަވައިވޮޑިގަންވަމުން ގެންދަވާ ކަމެވެ. އެކަންކަން ހިތަށް ގެންނަ މީހާއަށް ނަމާދުގައި ޚުޝޫޢަތްތެރިވާން ފަސޭހަވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް