އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތުގަ އޮތީ މީހަކަށް އެހީތެރިވެވެން ނެތްނަމަ އެހެންމީހަކު މެދުވެރިކޮށްގެންވެސް އެމީހާގެ ބޭނުން ފުއްދައިދެވޭތޯ ބެލުމެވެ!

ސުންނަތުގަ އޮތީ މީހަކަށް އެހީތެރިވެވެން ނެތްނަމަ އެހެންމީހަކު މެދުވެރިކޮށްގެންވެސް އެމީހާގެ ބޭނުން ފުއްދައިދެވޭތޯ ބެލުމެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ރަސޫލް (ޞޢވ) އަރިހުގައި ކަމަކަށް އެދިއްޖެ ނަމަ "ނޫނެކެވެ" ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. އެމީހަކަށް ދެއްވަވާނެ އެއްޗެއް އަތްޕުޅުގައި ނެތް ނަމަ އަބަދުވެސް ބެއްލެވީ ޞަހާބީންގެ އަރިއަހުން ނަމަވެސް އެ މީހެއްގެ ބޭނުން ފުއްދަވައި ދެއްވެވޭތޯއެވެ! 

ރަސޫލް (ޞޢވ) ގެ އަނބިއަނބިކަނބަލުން ވަނީ ކާއެއްޗަކަށް އެދިގެން މީހަކު ދިއުމުން ގަނޑުވަރުގައި އޮތް އެންމެ ކަދުރު އޮށް ވެސް ދެއްވަވައިފައެވެ.  ޢާއިޝަތުގެފާނު ރިވާ ކުރެއްވެވި މި ޙަދީޘްފުޅަށް ވިސްނައިލާށެވެ! 

Narrated Aisha:

A lady along with her two daughters came to me asking (for some alms), but she found nothing with me except one date which I gave to her and she divided it between her two daughters, and did not eat anything herself, and then she got up and went away. Then the Prophet came in and I informed him about this story. He said, "Whoever is put to trial by these daughters and he treats them generously (with benevolence) then these daughters will act as a shield for him from Hell-Fire." 

މިއީ މިއަދު އަހަރެމެން އެންމެން ވިސްނައިލަން ޖެހިފައިވާ ކަންކަމެވެ! އެހީތެރިކަމަށް އެދިގެން އަންނަ މީހުންނާއިމެދު ޢަމަލުކުރެވެނީ މިފަދައިން ހެއްޔެވެ؟ އަހަރެމެންވެސް މި މަސައްތްކުރަނީ ހަމަ ސުވަރުގެ ލިބިގަތުމަށެވެ! ވީމާ މިފަދަ ކަންކަމަށް އިތުރަށް ވިސްނައި ދީލަތިކަން ކުރިއަށް ނެރެ ސުވަރުގެ ލިބިގަންނަން ގަދަ އަޅައި މަސައްކަތްކުރަން ފަށަމާ ހެއްޔެވެ؟ 

މިޒަމާނުގައި ދިރިއުޅުމުގެ ޙާލަތު ހުރި ގޮތުން ކަންކަމަށް އެދިގެން މީހުން އަންނަ ބޭނުން ތަފާތުވެދާނެއެވެ. އެކަމެއް ފުއްދައި ދެވެން ނެތް ނަމަ އެހެން މީހަކު މެދުވެރިކޮށްގެންވެސް އެމީހާގެ ބޭނުން ފުއްދައިދެވޭތޯ ގަދައަޅައި މަސައްކަތްކޮށްދޭށެވެ! ތިބާއަށް އެކަމުން ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް