އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ ހޫނުގެ އާވިކޮޅެއް ފަޅި ސިކުންތަކަށް ބީހިލިނަމަވެސް ކެތް ނުކުރެވޭނެއިރު ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަލަނީ ކީއްކުރަން؟

ނަރަކައިގެ ހޫނުގެ އާވިކޮޅެއް ފަޅި ސިކުންތަކަށް ބީހިލިނަމަވެސް ކެތް ނުކުރެވޭނެއިރު ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަލަނީ ކީއްކުރަން؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ބަލަންވީ ނަރަކައިގަ ހޫނު މިން ހުންނާނެ ވަރެއް ނޫނެވެ! ނަރަކައިގެ ހޫނުން އަރާ  އާވިން އެތިކޮޅެއް ފަޅި ސިކުންތަކަށް ބީހިލިނަމަވެސް އެވަރުގެ ގަދަ ހޫނެއް ދުވަހަކުވެސް އިޙްޞާޞް ނުކުރެވޭކަން އެމީހަކަށް ޤަބޫލުކުރެވޭނެއެވެ! ވީއިރު ނަރަކައިގެ ހޫނުމިން ބަލައިގެން ކުރަން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ނަރަކައިގެ އަލިފާނުގެ ހޫނުމިން ބަލަން ތިއަވަރަށް ބޭނުން ނަމަ ފުރަތަމަ ކަމަކަށް ދުނިޔޭގައި މިގެންގުޅޭ އަލިފާންގަޑެއްގެ ތެރެއަށް އެރިލަބަލާށެވެ! ނޫނީ އަލިފާންގަނޑެއްގައި ހިފަހައްޓައިލަބަލާށެވެ! ނޫނީ އަނގުރުކޮޅެއް ފައިތިލަދަށުގައި ލައިގެން ކެތްކޮށްލަބަލާށެވެ!

އެއިރުން ވެސް ތިއަ ތަޖުރިބާ ކުރެވޭ ހޫނަކީ ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ އަލިފާނެކެވެ. ވީމާ ވަޒަންކޮށްލަންވީ ފާފަތައް ކުރުމުން ތިމާ އަމިއްލައަށް ވެއްޓި މިގަންނަނީ ދުނިޔޭގައި ތަޖުރިބާކުރަންޖެހޭ އަލިފާނަށްވުރެ 70 އިންސަތަ އިތުރަށް ހޫނު ގަދަ އަލިފާނަކާއި ކަމެވެ.  

ދުނިޔޭގައި ގެންގުޅޭ އަލިފާން ނަރަކައިގެ އަލިފާނަށްވުރެ 69 އިންސައްތަ ފިނިކުރެވިފައިވާ ވާހަކަ ބުނީމެއް ނޫންހެއްޔެވެ؟ އެވާހަކައާއި މިވާހަކަ އާއި ގުޅުވާލައިގެން ޢިބްރަތް ޙާޞިލުކުރާށެވެ!  

ބެންކޮކް ފަދަ ބައެއް ތަންތަނުގައި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރާކަން އިޝްތިހާރުކުރުމުގެ ގޮތުން ބޭރުގައި 69 ޖަހާފައި ހުރެއެވެ. އެމީހުން 69 މާނަކުރަނީ އަންހެނަކަށާއި ފިރިހެނަކަށް ކަމުގައި ބުނާ އަޑު އަހަމެވެ. އަހަރެންގެ ވިސްނުން މުޅިން ތަފާތެވެ. އަހަރެންގެ ވިސްނުމުގައި އެމީހުންނަށް އެބުނެވެނީ މިތަނަށް ވަނުމުން އޭސީގެ ފިނިކަމާއި މަސްތުކުރުވާ ބުއިންތަކާއި ފާހިޝް އަމަލުތައް ކުރެވޭނެ މަގުތައް ފަހިވާނެއެވެ! ނަމަވެސް އެއިން ހަމަ ކޮންމެ ކަމަކީވެސް ޤިޔާމަތް ދުވަހު 69 އިންސައްތަ އިތުރަށް ހޫނުވެގެން ތިބާ އާއި ބައްދަލުކުރާނެ ނަރަކައިގެ އަލިފާނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް