އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގަ ދިވެހިން ބައިވެރިވާ ކަމަށް ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި!

ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގަ ދިވެހިން ބައިވެރިވާ ކަމަށް ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގަ ދިވެހިން ބައިވެރިވާ ކަމަށް ފަތުރާ ވާހަކަތައް ދިވެހި ފުލުހުން ދޮގުކޮށްފިއެވެ.

މިކަމާގުޅިގެން ދިވެހި ފުލުހުން މިރޭ ދިވެހި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، 2019 އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަން މިހާތަނަށް ސްރީލަންކާގެ އެއްވެސް ކަމާއިބެހޭ އިދާރާއަކުން ދިވެހި ފުލުހުންނަށް ކަށަވަރު ކޮށްދީފައެއް ނުވާކަމަށެވެ.

އަދި މީގެއިތުރުން 2020 ފެބްރުއަރީ 20 ވަނަ ދުވަހު ވެސް އެއްވެސް ދިވެއްސަކު ސްރީލަންކާގައި ހައްޔަރު ކޮށްފައި ނުވާކަމަށް ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުން ދިވެހި ފުލުހުންގެ މުއައްސަސާއަށް ކަށަވަރު ކޮށްދީފައި ވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމާއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގުޅުންހުރި އެހެން މުއައްސަސާތަކާއި ގުޅިގެން ޤައުމީ ފެންވަރުގައި އާއި ބައިނަލް އަގްވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދިވެހި ފުލުހުންގެ މުއައްސަސާއިން ކުރަމުންދާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު