އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަދަ ނުބައި ގޮތަކުން ތިމާގެ ދިރިއުޅުމާއި ދެދުނިޔެ ގެއްލުވައި ނުލާށެވެ!

މިފަދަ ނުބައި ގޮތަކުން ތިމާގެ ދިރިއުޅުމާއި ދެދުނިޔެ ގެއްލުވައި ނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ކިތަންމެ ގާތް މީހަކު ލައްވައި ނަމަވެސް ނުބައި ކަމެއް ކުރުވުމަށްފަހު އެމީހާ ތިމާއަށް ކަންކަން ކުރާނީ ރަނގަޅަށް ކަމުގައި ނުދެކޭށެވެ! އަދި ތިބާއަށް އޭނާ ގޯސްކަމެއް ކުރުމުން އޭނާ ކުށްވެރި ނުކުރާށެވެ! އެހެނީ އޭނާ އެހިނގަނީ ތިބާ ދެއްކި މަގުންނެވެ! 

ބައެއް މީހުން އެމީހުންގެ ދުނިޔަވީ ބޭނުންތައް ފުއްދުމުގެ ގޮތުން އެމީހުންގެ ބައިވެރިޔާ ލައްވައި ނުބައި އަމަލުތައް ކުރުވައެވެ. އެއަށްފަހު ތިމާއަށް ވަފާތެރިވުމަށްވެސް އުންމީދުކުރެއެވެ. ވަފާތެރި ނުވެއްޖެ ނަމަ ރުޅިވެސް އައުދެއެވެ. ނަމަވެސް މިއީ އެއްވެސް އިންޞާފެއްގެ ތެރެއިން ކުރެވޭ ކަންކަމެއް ނޫނެވެ! 

މިއަށްވުރެ ތިލަކޮށް ބުނާނަމަ ބައިވެރިޔާ މެދުވެރިކޮށް މީހުންގެ އަތުން މަކަރުން ފައިސާ އެބަ ހޯދައެއްވެ. އެގޮތަށް އެކަން ކުރުވުމަށްފަހު ތިބާގެ ވޮލެޓުން ވައްކަން ނުކުރާނެ ކަމަށް ބަލަންވާނެ ހެއްޔެވެ؟ ބައެއް ފިރިހެނުން ފައިސާގެ ބޭނުމުގައި ބައިވެރިޔާ ހިލޭ ފިރިހެނުންނާއިއެކު ކޮފީއަށް، ކެއުމަށް އެބަ ފޮނުވައެވެ. އެނބުރި އަންނާނީ ޢިއްފަތްތެރިކަންމަތީގައި ކަމަށް ޤަބޫލުކުރަން ވެދާނެ ހެއްޔެވެ؟ 

ދިރިއުޅުމުގައި ދަތިތައް ކުރިމަތިވާނެއެވެ! ފައިސާއަށްވެސް ދަތިވާނެއެވެ. ކިތަންމެ ވަރަކަށް ދަތިވި ނަމަވެސް ޙަލާލް ނޫން ގޮތުގައި އެންމެ ރިޔާލައެއްވެސް ނުހޯދާށެވެ! ﷲ ތަޢާލާއަށް ތެދުވެރިވާށެވެ! ދަތިހާލުން އަރައިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރާށެވެ! އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! 

އެއް އިރު ކައިގެން ހުރި ނަމަވެސް އެއްވެސް މީހަކަށް އެމީހާ ފެނުމަކުން އެކަމެއް ނުއެނގޭނެއެވެ! ނަމަވެސް ﷲ ތަޢާލާ ނަހީކުރެއްވެވި ކަމެއް ކުރެވިއްޖެ ނަމަ އެކަން އެންމެންނަށްވެސް އެނގޭނެއެވެ! ފެންނަ ކޮންމެ މީހަކު އެކަމަށް މަލާމާތްވެސް ކުރާނެއެވެ! ދިމާއަށް ނުބުނި ނަމަވެސް ހިތުން މަލާމާތްކޮށް ލައްނަތް ދޭނެއެވެ! 

ވީމާ ލިބިގަންނަން ޖެހޭ ފިލާވަޅަކީ އަމިއްލަ ބޭނުންތައް ނުފުދި، ހައިހޫނުކަމުގައި ހުންނަން ޖެހުނު ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތް ނޫން ގޮތަކުން އެއްވެސް ތަނަވަސްކަމެއް ހޯދަން މަސައްކަތްކޮށްގެން ނުވާނެ ކަމެވެ. އެކަން އެގޮތަށް ކޮށްފިނަމަ ދުނިޔޭގައިވެސް މީހާ ނިކަމެތިވެ ފަޟީޙަތްވާނެ ކަމާއި އަދި އާޚިރަތްވެސް ގެއްލި ދެ ދުނިޔޭގެ އަބާއްޖަވެރިއަކަށް ވެދާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް