އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތުގައިވާ މި ރިވެތި، ފުރިހަމަ ދުޢާ ކޮންމެ ނަމާދެއްގައި ކިޔަމުން ގެންދެވޭކަން އަހަރެމެންނަށް އެނގޭ ހެއްޔެވެ؟

ސުންނަތުގައިވާ މި ރިވެތި، ފުރިހަމަ ދުޢާ ކޮންމެ ނަމާދެއްގައި ކިޔަމުން ގެންދެވޭކަން އަހަރެމެންނަށް އެނގޭ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ސުންނަތުގައިވާ މި ރިވެތި، ފުރިހަމަ ދުޢާ ކޮންމެ ނަމާދެއްގައި ކިޔަމުން ގެންދެވޭކަން އަހަރެމެންނަށް އެނގޭ ހެއްޔެވެ؟ 

"‏اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني، أنت المقدم، وأنت المؤخر، لا إله إلا أنت‏"‏ ‏(‏‏(‏رواه مسلم‏)‏‏)‏‏.‏ 

"އަޅުގެވެރި ރަސްކަލާކޮ! މިއަޅާ އިސްކުޅަހައި ކަމަކާއި (އެބަހީ: ފާފައާއި) އަދި މިއަޅާ ފަސްކުޅަހައި ކަމަކާއި (އެބަހީ: ފަހުންކުރެވިދާނެ ފާފަ އާއި) އަދި އަދި މިއަޅާ ސިއްރުކުރިހައި ކަމަކާއި (އެބްހީ: މީސްތަކުންގެ ލޯ މައްޗަށް ސިއްރުކޮށް ކޮށްފައިވާ ފާފަ އާއި) އަދި މިއަޅާ ފާޅުކުޅަހައި ކަމަކާއި (އެބަހީ: އެކަމެއް ކުރުމަށްފަހު މީސްތަކުންގެ ގާތުގައި އެވާހަކަ ދައްކާފައިވާ ނުވަތަ މީސްތްކުންނަށް އެނގިފައިވާ ފާފަ އާއި) އަދި އެކަމުގައި މިއަޅާ ހައްދުފަހަނައަޅައި ގޮސްފައިވާހައި ކަމަކާއި (އެބަހީ: އެފަދަ ފާފަތަކާއި) އަދި މިއަޅާއަށްވުރެ ބޮޑަށް އިނބަރަސްކަލާނގެ ދެނެވޮޑިގެންވާ މިއަޅާގެ ފާފަތަކާއި މިއެންމެހައި ކަމެއް މިއަޅާއަށް ފުއްސަވައި ދެއްވެވުން އެދި އިނބަރަސްކަލާނގެ ޙަޟްރަތުގައި މިއަޅާ އިލްތިޖާ ކުރަމެވެ. 

އިނބަރަސްކަލާނގެއީ އިސްވެވޮޑިގެންވާ (އެބަހީ: އިނބަރަސްކަލާނގެ ޛާތުފުޅަށްވުރެ ކުރީގައި އެކައްޗެއްވެސް ނުވާ) އަދި އިނބަރަސްކަލާނގެއީ ފަސްވެވޮޑިގެންވާ (އެބަހީ: އެބަހީ އިނބަރަސްކަލާނގެ ޒާތުފުޅަށްވުރެ ފަހުން އެކައްޗެއްވެސް ނުވާނެ) ރަސްކަލާގެއީމުއެވެ.

އިނބަ ރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާށެވެ! މިފަދަ ދުޢާތަކުގެ މާނަ ނުއެނގި ހިތަށް މިކަންކަން ގެނެވޭނީ ކިހިނަކުން ހެއްޔެވެ؟ ފުރިހަަމ ގޮތުގައި ނަމާދުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މިދުޢާއަކީ ފަހު އައްތަޙިއްޔާތުގައި ރަސޫލް (ޞޢވ) ކިޔުއްވެވި ދުޢާއެކެވެ. 

وعن علي رضي الله عنه قال‏:‏ كان رسول الله صلى الله عليه وسلم إذا قام إلى الصلاة يكون من آخر ما يقول بين التشهد والتسليم‏:‏ ‏ "‏اللهم اغفر لي ما قدمت وما أخرت، وما أسررت وما أعلنت، وما أسرفت، وما أنت أعلم به مني، أنت المقدم، وأنت المؤخر، لا إله إلا أنت‏"‏ ‏(‏‏(‏رواه مسلم‏)‏‏)‏‏ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު