އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ދިރިއުޅެން ﷲ އެންގެވި ގޮތަށް އުޅެމުންދާނަމަ ހިތާމައިގަ ތިބި އެންމެ ދެމަފިރިއަކުވެސް ނިކަން ދައްކައިބަލާށެވެ!

ދެމަފިރިން ދިރިއުޅެން ﷲ އެންގެވި ގޮތަށް އުޅެމުންދާނަމަ ހިތާމައިގަ ތިބި އެންމެ ދެމަފިރިއަކުވެސް ނިކަން ދައްކައިބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކޮންމެ ދެމަފިރިއަކުވެސް ބޭނުންވާނީ ވީހައި އުފަލުގައި ދިރިއުޅޭށެވެ! ސުވާލަކީ އެކަމަށް އެދޭއިރު ތިމާމެން ދިރިއުޅެމުން ގެންދަނީ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟ ތިމާމެންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އެބަ އަދާކުރަމު ހެއްޔެވެ؟

އަބަދުވެސް ބުނާ ފަދައިން ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށް ވާންޖެހޭނީ ދެމަފިރިން އެކުގައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމަށް އެކަކު އަނެކަކަށް ވާގިވެރިވެ ހިތްވަރުދިނުމެވެ. އެހީތެރިވުމެވެ. އެހެން ހުރިހާ ބޭނުންތަކެއް އަންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ.

އެގޮތުން ބަލައިފިނަމަ އެކުގައި އަޅުކަން ކުރުމާއި ދުޢާކުރުމަކީ އެންމެ މުހިންމުކަންތަކެވެ. މީގެމާނައަކީ އަބަދު ދެމަފިރިން އެކުގައި އަޅުކަންކުރަން ތިބުމެއް ނޫނެވެ. ވަގުތުވީވަރަކަށް އެކަން ކުރާށެވެ! ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެކުގައި ތިބެގެން އަޅުކަންކުރުން ގިނަކުރާށެވެ! މީގެ އިތުރުންވެސް އަމިއްލަ ދިރިއުޅުމުގެ ތެރެއިން ކުރެވޭނެ އަޅުކަން ބައިވަރެވެ!

މިސާލަކަށް އަނބިދަރިންނަށް ބޭނުންވާތަކެތި އެމީހަކަށް ލިބުނު ވަރަކުން ގެއަށް ވައްދައިދިނުމަކީ އަޅުކަމެކެވެ. އެތަކެތި ކައްކައި ޢާއިލާއަށް ކާންދިނުމަކީވެސް އަޅުކަމެކެވެ. ދިރިއުޅުމަށް ކުރަން ޖެހޭ ޚަރަދުތައް އިޤްޠިޞޯދުކުރުމަކީވެސް އަޅުކަމެކެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދަރިން ބަލައި ތަރުބިއްޔަތު ކުރުމަކީވެސް މަތިވެރި އަޅުކަމެކެވެ. މިއިން ކޮންމެ ކަމަކީވެސް ކޮންމެހެން ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ދެމަފިރިންނަށްވެސް ކުރެވޭނެ ކަންކަމެވެ. ދެމަފިރިންނަސް އެކުގައިވެސް ކުރެވޭނެ ކަންކަމެވެ.

ނިކަން ބުނެބަލާށެވެ! މިކަންކަން ދެމަފިރިން ކުރަމުހެއްޔެވެ؟ ދެމަފިރިން ދިރިއުޅެން ﷲ އެންގެވި ގޮތަށް އުޅެމުންދާނަމަ ހިތާމައިގަ ތިބި އެންމެ ދެމަފިރިއަކުވެސް ނިކަން ދައްކައިބަލާށެވެ! މިބިންމަތީގައި އެފަދަ އެއްވެސް ދެމަފިރިއަކުވެދާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ! ފަހަރެއްގައި ފަޤީރު ޙާލުގައި އުޅެންޖެހޭ ބައަކު އުޅެފާނެއެވެ! ނަމަވެސް އެއީ ﷲ ތަޢާލާ ކުރިމަތި ކުރައްވަވާ އިމްތިޙާނެއް ކަމާއި އަދި އެއީ ސުވަރުގެ ވަދެވުމަށް ފަސޭހަ މަގެއް ކަމަށް ވިސްނާ ދެމަފިރިން ތިބޭނީ ފަޤީރު ޙާލުގައި ހަމަ ވަރަށް އުފަލުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް