އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހަކީ އެދުވަހަކަށް އިރު އެރި އެންމެ މާތް ދުވަހެވެ! މާތްކަން ލިބިގަންނަން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟

ހުކުރު ދުވަހަކީ އެދުވަހަކަށް އިރު އެރި އެންމެ މާތް ދުވަހެވެ! މާތްކަން ލިބިގަންނަން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ހުކުރު ދުވަހަކީ އެދުވަހަކަށް އިރުއަރާނެ އެންމެ މާތް ދުވަސް ކަމުގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ. ވީމާ ހުކުރު ދުވަސް ތިމާ އާއި ބައްދަލުކުރުމުން ގަދައަޅައި މަސައްކަތްކުރަންވީ އެދުވަހުގެ މާތްކަން ލިބިގަތުމަށެވެ. ޘަވާބާއި ބަރަކާތް ލިބިގަތުމަށެވެ.

އެގޮތުން ކުރަން ހުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ. ކަހްފި ސޫރަތް ކިޔަވައި ކުރީ ހަފްތާގައި ކުރެވުނު ފާފަތައް ފުހެލަން މަސައްކަތްކުރަންވީއެވެ. ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަންވީއެވެ. ޛިކުރުކުރުން ގިނަކުރަންވީއެވެ. ހެޔޮ ދުޢާތައް ކުރުން ގިނަކުރަންވީއެވެ. ޞަދަޤާތް ކުރުމާއި އެނޫންވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީއެވެ.

ޢާއިލާ އާއިއެކުގައި ވަގުތު ހޭދަކޮށް ޢާއިލާ އަށް އެހީތެރިވެދިނުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެކަމުގައި ރަސޫލް (ޞޢވ) ވަނީ މުޅި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ދީނީ ގޮތުން ބަލައިފިނަމަ އެއީ ހުކުރު ދުވަހަށް ޚާއްޞަ ކަމެއް ނޫނެވެ. ހުރިހާ ދުވަސްތަކަކަށްވެސް އޮތް ކަމެކެވެ.

ހުކުރު ދުވަހާއި ގުޅުވައިގެން އެަން ޚާއްޞަކުރަން ޖެހެނީ މަސައްކަތުގެ ވަގުތު ހުންނަ ގޮތުން އެހެން ދުވަސްތަކުގައި އެކަމަށް ވަގުތު ނުދެވޭތީއެވެ. ހަފްތާގެ ދުވަސްތަކުގައި އެކަންކުރަން ވަގުތުނުވާ މީހުން ހުކުރު ދުވަހު އެކަމަށް ސަމާލުކަން އިތުރުކުރާށެވެ! އަނބިދަރިންނަށާއި ޢާއިލާއަށް އެހީތެރިވުމަކީ ހުކުރު ދުވަހު ކުރާ އަޅުކަމުގެ ބައަކަށް ހަދާށެވެ!

ހުކުރު ދުވަހެއް ނިމިގެންދާއިރު އެދުވަހުން ތިމާއަށް ހޯދެން އޮތް ހުރިހާ ފައިދާތަކެއް ހޯދަން މަސައްކަތްކުރާށެވެ! އެއީ ނިދުމާއި ކުޅިވަރާއި މަޖަލުގައި އިސްރާފްކޮށްލެވޭ ދުވަހަކަށް ނުހަދާށެވެ! އެއިރުން އެ ނަގައިލެވެނީ ތިމާއަށް ދެއްވެވި ވަރަށް މުހިންމު ފުރުޞަތުތަކެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް