އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަމަށް ސަމާލުކަން ނުދީފި ނަމަ ތިބާއަކީ ތައުބާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ މީހެއްކަމަށް ވެދާނެކަމަށްޓަކައި ބިރުވެތިވާށެވެ!

މިކަމަށް ސަމާލުކަން ނުދީފި ނަމަ ތިބާއަކީ ތައުބާ ޤަބޫލުފުޅު ނުކުރައްވަވައިފާނެ މީހެއްކަމަށް ވެދާނެކަމަށްޓަކައި ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ކޮންމެ މީހަކަށް ނަމަވެސް ލިބޭނެ އެންމެ ބޮޑު ހިތާމައަކީ އެމީހަކީ އެމީހަކީ އެމީހެއްގެ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހަކު ކަމުގައިވުމެވެ. އެފަދަ ބައަކު ވާކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ!

"ހަމަކަށަވަރުން، އެއުރެން އީމާންވުމަށްފަހު، ކާފިރު ވެ، ދެން ކާފިރުކަން އިތުރުވީ މީހުންގެ ތައުބާ ޤަބޫލު ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ." (އާލްޢިމްރާން: 90)

މީސްތަކުންނޭވެ! މީހަކު ކާފިރުވެއްޖެ ކަމަށް ކަނޑައެޅުމަކީ މީސްތަކުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ނަމަވެސް އެމީހާގެ އަމަލުތަކުން އެކަން ފެންނަ ކަމުގައިވާނަމަ އެއޮތީ އެކަން އެނގޭށެވެ! އެކަން ޖެހޭނީ ޤަބޫލުކުރާށެވެ! އެހެނީ އިސްލާމް ކަމަކީ ހަމައެކަނި ދުލުން ބުނާ ބަހެއް ނޫނެވެ. އިސްލާމްކަން ފުރިހަމަވާނީ ހިތުގައި އީމާންކަން އޮވެ އެކަން ޢަމަލުން ދެއްކުމުންނެވެ.

އެހެންކަމުން ކިތަންމެ ބާރަށް ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނި ނަމަވެސް އެމީހެއްގެ އިސްލާމްކަން ފުރިހަމައެއް ނުވެއެވެ. އިސްލާމްކަން ފުރިހަމަ މުއުމިނަކަށް ވެވޭނީ އީމާންވެގެން ހުރި ކަންކަމަށް ފުރިހަމއަށް ޢަމަލުކުރުމުންނެވެ. ﷲ ތައާލާއަށް އީމާންވުމުން އޭނާ އެހެރީ އިސްލާމްވެގެންނެވެ. އެއީ ކުރަން ވަރަށް ފަސޭހަވެސް ކަމެކެވެ. ނަމަވެސް ފުރިހަމަ މުއިމިނަކަށް ވުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެހެނީ އެމީހާގެ ޢަމަލުތަކުން އެކަން ފެންނަން ޖެހޭނެތީއެވެ.

"އަދި އީމާން ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ އީމާންވެގެންނެވެ. އެއުރެންގެ ޝައިޠޯނުންނާ (އެބަހީ: ދެކޮޅުވެރިކަމާއި ކުފުރު ވެރިކަމުގައި އެއުރެންގެތެރެއިން ކުރިއަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިއަަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބައަކީމުއެވެ." (އަލްބަޤަރާ: 14)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް