އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންގިގޮވަން ހުއްޓާ އިނގިރޭސިވިލާތުގެ އިމާމަކަށް ވަޅިން ހަމަލާދިނުމުން މިސްކިތްތައް ބެލެހެއްޓުން ވަރުގަދަކުރާނެ ކަމަށް ބުނެފި

ބަންގިގޮވަން ހުއްޓާ އިނގިރޭސިވިލާތުގެ އިމާމަކަށް ވަޅިން ހަމަލާދިނުމުން މިސްކިތްތައް ބެލެހެއްޓުން ވަރުގަދަކުރާނެ ކަމަށް ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އިނގިރޭސިވިލާތުގެ ރީޖަންޓްސް ޕާކް މިސްކިތުގެ އިމާމް ބަންގި ގޮވަން ހުއްޓައި މީހަކު ވަޅިން އިމާމުގެ ކަރަށް ހަމަލާދިނުމުން މިސްކިތްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން ވަރުގަދަކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

އިއްޔެ މެންދުރުފަހު 3.10 ހައިއިރު 29 އަހަރުގެ ޒުވާނަކު ދިން މިހަމަލާ ހުއްޓުވާފައިވަނީ އެއިރު މިސްކިތުގައި ތިބި މީހުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 70 އަހަރުގެ އިމާމަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ފުރާނައަށް ގެއްލުންވާވަރަށް ހަމަލާ ސީރިއަސް ނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 

ބައެއް  ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދިނީ މިސްކިތަށް ވަރަށް ފަހުން އަންނަން ފެށި މީހެކެވެ. މިފަދަ ހަމަލާތައް އިމާމުންނަށް ދީ ބިރުދައްކަނީ މިސްކިތްތަކަކީ އަމާންތަނެއް ނޫންކަން މީހުންނަށް ދެއްކުމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އިނގިރޭސިވިލާތަކީ އެމީހަކު ބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން ދީފައި އޮތް ޤައުމެކެވެ. 

ފުލުހުން ބުނެފައިވަނީ މިފަދަ ހަމަލާއެއް ދިނީ ކީއްވެގެންކަން ބަލަމުން ގެންދާ ކަމަށާއި ނަމަވެސް މިއީ ޓެރަރިޒަމްހެ އަމަލެއްކަމަށް އަދި ކަނޑނުއަޅާ ކަމަށެވެ. ބައެއް މީޑިއާތަކުން މިހަމަލާ ސިފަކޮށްފައިވަނީ ޒުވާނާ މަޝްހޫރުވާން ކުރި ކަމެއް ކަމަށެވެ. ނަމަވެސް މިއީ މުސްލިމަކު ކުރި ކަމެއް ނަމަ ވަގުތުން އޭނާގެ އަމަލު ޓެރަރިޒަމާއި ހަރުކަށިފިކުރާއި ވެސް ގުޅުވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް