އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތު ސައުންޑު ވައިރަސް ނޫރު މިސްކިތަށްވެސް ފޯރައި މިއަދުގެ ޚުޠުބާ އަޑުއެހުމަށް ހުރަސް އަޅައިފި!

މިސްކިތު ސައުންޑު ވައިރަސް ނޫރު މިސްކިތަށްވެސް ފޯރައި މިއަދުގެ ޚުޠުބާ އަޑުއެހުމަށް ހުރަސް އަޅައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މާލޭގެ މިސްކިތްތަކަށް ފެތުރެމުންދާ މިސްކިތު ސައުންޑް ވައިރަސް ނޫރު މިސްކިތަށްވެސް ފޯރައި މިއަދުގެ ޚުޠުބާ އަޑުއެހުމަށް ހުރަސް އަޅައިފިއެވެ. 

ފާއިތުވި 2، 3 ހުކުރުގައިވެސް ކުޑަކޫރުން ހުރެފައި މިއަދު ވައިރަސް ވަނީ ސައުންޑް އެކުގައިހެން ހިފައިފައެވެ. މައްޗަށް ދަނީ ފުންމައިގެންނެވެ. ފުންމައިގެން ގޮސްފައި ތިރިވާއިރު މުޅި ސައުންޑް އެކުގައިހެން ކެނޑެއެވެ. 

އެހެންކަމުން ފަހުޚުޠުބާގައި އިމާމް ވިދާޅުވި ދުޢާއަށް އާމީން ކިޔަމުންދިއަ މީހަކު ވަނީ "ޚުޠުބާ އަޑުއަހައިލެވޭ ވަރަށް މިސްކިތްތަކުގެ ސައުންޑް ރަނގަޅުކޮށްލައިދޭނެ ވެރިކަމެއް މިންވަރުކޮށްދެއްވެވުން އެދި" ދުޢާވެސް ކޮށްފައެވެ. އޭނާ ދުޢާކުރީ ކައިރީގައި ތިބި މީހުންނަށް އަޑު އިވޭވަރަށެވެ. މިއަދު އެދުޢާ ކޮށްފައިވަނީ އެކަކު ނަމަވެސް މިއީ ޚުޠުބާގައި ހިމަނައި އެންމެން އާމީން ކިޔަން ޖެހިފައިވާ ދުޢާއެއްކަން ފާހަގަކުރެވެއެވެ.  

ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތްތަކުގެ ސައުންޑް ރަނގަޅުކުރުމާއިބެހޭ ލަޠީފް ކިޔާ ބޭކަލަކު މިސްކިތުގައި އިންނެވިއެވެ. އެހެންކަމުން އެބޭކަލަކަށްވެސް މިކަންކަން މިއަދުވާނީ އެނގިވަޑައިގެންފައި ކަމަށް ޤަބޫލުކުރެވެއެވެ. 

ނޫރު މިސްކިތަށް ވެސް ވައިރަސް ފޯރިއިރު މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެމުންދިއައިރު ވެސް އަޑުހުރީ މިސްކިތުގެ ސްޕީކަރުތަކަށް ދުވެދުވެއެވެ. ބައެއް ފަހަރު ހުރިހާ ސްޕީކަރުތަކުންވެސް ދިއައީ އަޑު ކެނޑެމުންނެވެ. 

ޗައިނާ އިން ގެންދަނީ ކޮރޯނައިރަސް ނައްތާލަން މަސައްކަތްކުރަމުންނެވެ. އެހެންކަމުން ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވާނަ ފަށައިފިކަމަސް މީޑިއާ ރިޕޯޓްތަކުގައި މިހާރު ދަނީ ބުނަމުންނެވެ. ރާއްޖޭގެ މިސްކިތަކަށް ޖެހެމުން މިދާ ސައުންޑް ވައިރަސްގެ ވަބާ ޙައްލު ނުނުވެ އިތުރުވަމުން މިދަނީ އެކަން ޙައްލުކުރަން މަސައްކަތް ނުކުރާތީކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް