އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ރުހިވޮޑިނުގަންނަވާ މީހުންނާއިއެކު އުޅުމުން އެމީހުންނާއެކު މަހްޝަރުކުރައްވަވައިފިނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް

ﷲ ރުހިވޮޑިނުގަންނަވާ މީހުންނާއިއެކު އުޅުމުން އެމީހުންނާއެކު މަހްޝަރުކުރައްވަވައިފިނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ޤިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް މަޙްޝަރު ކުރެއްވެވޭނީ އެމީހަކު ތާއީދުކޮށް އެބައަކާއިއެކު އުޅެ އަބައަކު އަމަލުކުރި ގޮތަށް ރުހި އެގޮތަށް ޢަމަލުކޮށް ކޮށް އުޅުނު ބައަކާއިއެކުގައެވެ. ވީމާ ދުނިޔޭގައި ހަޔާތް ވޭތިކުރަމުންދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއްކަމަކީ ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ ގޮތަށް އުޅޭ މީހުންނަށް ތާއީދުކޮށް އެމީހުންނާއި އެކުގައި އުޅުމާއިމެދުގައެވެ. އެފަދަ ބައަކާއިއެކު މަޙްޝަރު ކުރެއްވެވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އެންމެ ބޮޑު ނިކަމެތި ކަމެވެ.

އެކަމުން ސަލާމަތްވާން އެދޭ މީހާ ހެޔޮލަފާ ޞާލިޙުން އިޚްތިޔާރުކޮށް އެމީހުންނާއިއެކުގައި އުޅޭށެވެ! އެމީހުން ކުރާ ފަދައިން ޢަމަލުތައް ކުރުމުގައި ސާބިތުވާށެވެ! އެއިރުން ޤިޔާމަތް ދުވަހު އެމީހަކު މަޙްޝަރު ކުރައްވަވާނީ ހެޔޮލަފާ ޞާލިޙުންނާއިއެކުގައެވެ.

ޤިޔާމަތް ދުވަހު މީސްތަކުން ނަރަކައަށް ވައްދަވާނީ ވެސް ބައިބައަށެވެ. އެމީހަކު އެކުގައި އުޅުނު ބައަކާއިއެކުގައެވެ. އެމީހަކު ކޮށް އުޅުނު ޢަމަލުތައް ކޮށް އުޅުނު ބައަކާއިއެކުގައެވެ. އަދި ސުވަރުގެ ވައްދަވާނީ ވެސް ހަމަ އެ ގޮތަށެވެ!" –މުފްތީ މެންކް

" ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބައެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބައެކެވެ." (އައްނިސާ: 69)

ރަސޫލް (ޞޢވ) ވަނީ މީގެ 1400 އަަހރުކުރިން ދުނިޔެ ދޫކުރައްވަވައިފައެވެ. އަހަރެމެންނަށް އިތުރު ޞާޙިބާ އާއި މިދުނިޔޭގައި ބައްދަލެއެް ނުކުރެވޭނެއެވެ. ނަމަވެސް ރަސޫލް (ޞޢވ)ގެ ސުންނަތް ވަނީ އަހަރެމެންނާއިއެކުގައެވެ. ޙަދީޘްފުޅުތައް ވަނީ އަހަރެމެންނާއިއެކުގައެވެ. ކީރިތި ޤުރްއާން ވަނީ އަހަރެމެންނާއިއެކުގައެވެ. މީސްތަކުންނަށް އޮތީ ޢަމަލުކުރުމެވެ! ޢަމަލުކުރުމުން އެމީހާއަށް މި އާޔަތުގައި ބަޔާން ކުރައްވަވާފައިވާ ނިޢްމަތްތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެތެވެ!

ވީމާ ދުނިޔޭގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރަންވާނީ ކީރިތި ޤުރްއާނަށާއި ސުންނަތަށް ފުރިހަމައަށް ޢަމަލުކުރާ މީހުންނާއިއެކުގައެވެ. ލޯބިވާންވީ އެމީހުން ދެކެއެވެ. އެއިރުން އެމީހުން ކުރާފަދަ ހެޔޮ ޢަމަލުތައް ކުރަން އެމީހާއަށް ވެސް މަގުފަހިވެގެންދާނެތެވެ! އިން ޝާ ﷲ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް