އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެން އިސްލާމްވީ އެދީނަށްވުރެ ފުރިހަމަ، އަންހެނުންނަށް މިނިވަންކަމާ ޙައްޤުތަކާ ރައްކައުތެރިކަން ލިބިދޭ ދީނެއް ނެތުމުން: ރޮސީ

އަހަރެން އިސްލާމްވީ އެދީނަށްވުރެ ފުރިހަމަ، އަންހެނުންނަށް މިނިވަންކަމާ ޙައްޤުތަކާ ރައްކައުތެރިކަން ލިބިދޭ ދީނެއް ނެތުމުން: ރޮސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

"އަހަރެން އިސްލާމްވީ އެންމެ ރިވެތި ސިފަތައް ހުރި ދީނަކީ އިސްލާމްދީންކަން ޔަޤީން ކުރެވުމުންނެވެ. އަހަރެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ދަތުރުކޮށްފީމެވެ. ޢަރަބި ޤައުމުތަކަށް ވެސް ދަތުރުކޮށްފީމެވެ. އިސްލާމް ދީނުގެ ރިވެތި ސިފަތައް އަހަރެންނަށް ފެނިގެން ދިއައީ ޕާކިސްތާނުންނެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނަން ޖެހެނީ އިސްލާމް ދީނަށްވުރެ ފުރިހަމަ ދީނެއް ނެތް ކަމަށެވެ."

"އިސްލާމް ދީނަކީ ހަރުކަށި ދީނެއް ކަމަސް ބުނެ ގިނަ ބައަކު ދަނީ އިސްލާމް ދީނަށް ފާޑުކިޔަމުންނެވެ. ނަމަވެސް ހަމަޖެހުމާއި ޞުލްހައާއި ލޯބި ވަނީ އިސްލާމް ދީނުގައެވެ. އިސްލާމް ދީނުގެ ޙަޤީޤަތަކީ އެ ސިފަތަކެވެ."

"އަހަރެން އަބަދުވެސް އައީ ކަލާނގެއާއިމެދު ވިސްނަމުންނެވެ. ދިރިއުޅުމުގެ ތަކްލީފްތަކާއިމެދުގައިވެސް ވިސްނަމުންނެވެ. އެކަންކަމުން ސަލާމަތްވެވޭނެ ގޮތާއިމެދުގައިވެސް ވިސްނަމުންނެވެ. އަހަރެން ބޭނުންވި މިނިވަންކަމާއި އަހަރެން ބޭނުންވި ޙައްޤުތައް އިސްލާމް ދީނުން އަހަރެންނަށް ލިބި މިނިވަން ވެއްޖެއެވެ."

ކެނެޑާގެ މަޝްހޫރު ސައިކަލް ދުއްވުންތެރިޔާ ރޮސީ ގެބްރިއެލް އިސްލާމްވުމަށްފަހު ބުނި މިބަސްތައް މިހާރު ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުން ވެސް ކަވަރުކޮށްފައެވެ.

އިސްލާމް ދީނުގެ ޢަދާވާތްތެރިން ބުނަމުން ގެންދަނީ މުސްލިމުން މުސްލިމުންނަށް ވަނީ މުސްލިމް މައަކު ވިހާތީ ކަމަށެވެ. އެހެން ދީންތައް އެނގުމުގެ ފުރުޞަތު ނުލިބޭތީ ކަމަށެވެ. ޑިމޮކްރަސީއަކީ ކޮބައިކަން ނުއެނގޭތީ ކަމަށެވެ.

ރޮސީ އުފަންވީ މުސްލިމް މައެއްގެ ބަނޑަކުންނޭވެ. ތަރުބިއްޔަތުވީ ވެސް މުސްލިމެއްގެ ގޮތަކު ނޫނެވެ. ކިޔަވައި އުނގެނިގެން ހުރީވެސް އެހެން ދީންތަކެވެ. ޢަމަލުކުރަމުން އައީވެސް ކްރިސްޓިއަން ދީނަށެވެ. ބަލައިގަނެގެން ހުރީ ވެސް ޑިމޮކްރަސީއެވެ. ވީއިރު މުސްލިމުންގެ ޢަދާވާތްތެރިން މިކަންކަމަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް