އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެއިން ބިމަށް ފައިބަން ޖެހުމުގެ ޒިންމާ އެއްބައަކު އަނެއް ބައެއްގެ ބޮލުގައި ނާޅުވާށެވެ!: މުފްތީ މެންކް

ސުވަރުގެއިން ބިމަށް ފައިބަން ޖެހުމުގެ ޒިންމާ އެއްބައަކު އަނެއް ބައެއްގެ ބޮލުގައި ނާޅުވާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެއްދުވަހަކު ފިރިހެނަކު އަންހެނަކަށް ބުނާއަޑު އެހީމެވެ. "ސުވަރުގެއިން ބިމަށް ފައިބަން ޖެހުނީވެސް އަންހެނުންނާއި ހުރެއެވެ. އެހެން ނޫން ނަމަ އަހަރެމެން ތިބީހީ ސުވަރުގޭގައެވެ." 

އެހެން އެބުނީ ﷲ ތަޢާލާ އެގަހަކުން ފަރިއްނުކުޅުއްވަވަން އަމުރުފުޅު ކުރެއްވެވި ގަހުން ޝައިޠޯނާގެ ބަހަށް ހެއްލި ފުރަތަމަ ފަރިއްކުޅުއްވެވީ ހައްވާގެފާނު ކަމަށް ބަލައެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. އެކަމުގައި އެއްބައަކު އަނެއް ބައަކު ކުށްވެރިނުކުރާށެވެ! އެގަހުން ފަރިއްކުޅުއްވެވީ އާދަމްގެފާނާއި ހައްވާގެފާނާއި އެކުގައެވެ. 

ދެން ތިއަ ކަންބޮޑުވަނީ ސުވަރުގޭގައި ނުއުޅެވިގެން ކަމަށްވާނަމަ މަރުވުމުން ސުވަރުގެ ވަންނަން ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަކުރާށެވެ! އަދި ކީއްހެއްޔެވެ؟ ދުނިޔެއަކީ ވެސް ހަމަ އުފަލުގައި ދިރިއުޅެވޭ ތަނަކަށް ހެދިދާނެއެވެ. އެކަމަށް ބޭނުންވަނީ ހަމަ ކުޑަކުޑަ ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިވުމެވެ. ރަޙުމާއި ކުލުނުވެރިކަމާއިއެކު ކަންކަން ކުރުމެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ވާލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ވާލޯބި ކަމުގައި ހެދުމެމެވެ. 

މިއިން އެއްވެސް ކަމަކީ އެކަން ކުރަން ބޭނުންވާ އެއްވެސް މީހަކަށް ނުކުރެވޭނެ ކަންކަމެއް ނޫނެވެ. ފައިސާ އާއި ވަސީލަތް ނެތިގެންވެސް ނުކުރެވި ހުންނާނެ ކަންކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވާނީ އެކަން ކުރުމުގެ ވަރުގަދަ އަޒުމާއި ހިތްވަރެވެ. ތެދުވެރި އިޚްލާޞްތެރި ނިޔަތެވެ! 

- މުފްތީ މެންކުގެ ދަރުސަކުން  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް