އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެރަވެ ނިކަމެތިވަމުން މިދަނީ ﷲ ނޫން ފަރާތްތަކުން ވާގިއެދިގެން ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރެވޭތީއެވެ!: މުފްތީ މެންކް

ދެރަވެ ނިކަމެތިވަމުން މިދަނީ ﷲ ނޫން ފަރާތްތަކުން ވާގިއެދިގެން ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރެވޭތީއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މީސްތަކުން މިއަދު ދެރަވެ ނިކަމެތިވަމުން މިދަނީ ﷲ ތަޢާލާ ނޫން ފަރާތްތަކުން ވާގިއެދިގެން ކަންކަން ޙާޞިލުކުރަން މަސައްކަތް ކުރެވޭތީއެވެ! ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތްގޮތަށް ކުރިއެރުން ހޯދަން މަސައްކަތްކުރެވޭތީއެވެ.  

ޔަޤީންކުރާށެވެ! ތަޤްވާވެރިވެ ނަމާދުން ވާގި އެދޭ މީހާ ދެރަކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! އެހެނީ އެފަދަ ކޮންމެ މީހެއްގެ ހިތްވެސް ފުރިފައިވާނީ ﷲ ތަޢާލާއިންނެވެ. އީމާންކަމުންނެވެ. ތަޤްވާވެރިކަމުންނެވެ. އެފަދަ ހިތެއްގެ ވެރިއަކު ދެރަކޮށް ނިކަމެތި ކުރެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ! އެފަދަ މީހަކަށް އެއްވެސް ދެރައެއް ދިނުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ! 

އެކަން އެނގި ޔަޤީންވަނީ ވެސް ހަމަކީރިތި ޤުރްއާނުންނެވެ! 

ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިވެ ނަމާދުން ވާގިއެދޭ މީހުންނާއިއެކުގައި ކަމަށް ﷲ ތަޢަލާ ވަޙީ ކުރައްވަވާ ބަސްފުޅަކީ އެފަދަ މީހުންނާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެ ކަމުގެ ވަޢުދު ބަސްފުޅެކެވެ. ވީމާ އިތުބާރުކުރަންވީ މީހުން ދައްކާ ވާހަކަތަކަކަށް ނޫނެވެ. ﷲ ތަޢާލާގެ ވަޢުދު ބަސްފުޅަށެވެ. 

ﷲ ތައާލާގެ ވަޙީ ބަސްފުޅު ދޫކޮށްލައި މީސްތަކުންނަށް އަޅުވެތިވެ މީސްތަކުންގެ ކިބައިން ވާގިއެދިގެން ރަނގަޅު ގޮތްތައް ހޯދަން މަސައްކަތްކުރާ މީހާއަށް އެމީހާގެ ބޭނުން ހާޞިލުކުރެވޭނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެގޮތުން ލިބޭ މިންވަރުވެސް ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ގެއްލިގެން ހިނގައިދާނެއެވެ. އިސާހިތަކު ބާކީވެދާނެއެވެ! 

ނަމަވެސް ﷲ ތަޢާލާ ރަހްމަތް ލައްވަވައި ނިޢްމަތްތައް މިންވަރުކުރައްވަވައިފި ނަމަ އެ ނިޢުމަތްތަކުން އެމީހަކު މަޙްރޫމް ކުރުވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެމީހާ އަބަދުވެސް ހުންނާނީ އުފާވެރިކަމުގައެވެ!

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް