އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދާރުލް އީމާން އިން ވަގުފް ފަންޑަށް ލިބެންޖެހޭ 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ: އޮޑިޓް ރިޕޯޓް

ދާރުލް އީމާން އިން ވަގުފް ފަންޑަށް ލިބެންޖެހޭ 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބޭ: އޮޑިޓް ރިޕޯޓް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

"ދާރުލް އީމާން" އިން ވަގުފް ފަންޑަށް ލިބެންޖެހޭ 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިވާކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

"ދާރުލް އީމާން" އަކީ ރާއްޖޭގެ މިސްކިތްތަކަށް ހަރަދު ކުރުމަށް ގާއިމްކޮށްފައިވާ ވަގުފް ފަންޑަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރުން ގާއިމުކުރި އޮފީސް އިމާރާތެކެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި، އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2018 ވަނަ އަހަރުގެ ނިޔަލަށް މިނިސްޓްރީން ބަލަހައްޓާ ވަގުފު އިމާރާތުން ކުލީގެ ގޮތުގައި ޖުމްލަ 6،360،000 ލިބިފައިނުވާ ކަމަށެވެ.

މިއިމާރާތުގެ ހަ ވަނަ ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަނަށް އަށް މިލިއަން ރުފިޔާއަށް ދިނުމަށް އެއްބަސްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އޭގެ ތެރެއިން ހަ މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެކަމަށް އޮތް ނަމަވެސް، އެ ކުންފުނިން ދައްކާފައިވަނީ އެންމެ ދެ މިލިއަން ރުފިޔާ އެވެ. އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ބާކީ ހަ މިލިއަން ރުފިޔާ 2018 ގެ ނިޔަލަށް ދައްކާފައިނުވާކަމަށް ރިޕޯޓުގައި ބުންޏެވެ.

އަދި މީގެއިތުރުން އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުލީގެ ގޮތުގައި ދައްކަންޖެހޭ 360،000 ދައްކާފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަގުފު ފަންޑުން ބޮޑު ބައެއް ކަރަދުކޮށްގެން 23 މިލިއަން ރުފިޔާއަށް އިމާރާތް ކުރި "ދާރުލް އީމާން" ހުޅުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު