އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މޮޅު ވާހަކަ ދައްކާ މީހާ ކީރިތި ޤުރްޢާނުން އެނގެން އޮއްވައި އެ ޝަރަފް، ޝަރުޠު ހަމަނުވާ މީހަކަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟

އެންމެ މޮޅު ވާހަކަ ދައްކާ މީހާ ކީރިތި ޤުރްޢާނުން އެނގެން އޮއްވައި އެ ޝަރަފް، ޝަރުޠު ހަމަނުވާ މީހަކަށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ތިމަންނާއަކީ އެންމެ މޮޅު ވާހަކަ ދައްކާ މީހާ ކަމަށް ގިނަ ބައަކު ދައުވާ ކުރެއެވެ. ނަމަވެސް އެފަދަ މީހުން ކުރާ ދައުވާތައް ބަލައިގަނެވޭކަށް ނެތެވެ. އެހެނީ އެންމެ މޮޅު، އެންމެ ފައިދާހުރި ވާހަކަތައް ދައްކަނީ ކާކުކަން ކީރިތި ޤުރްއާނުން އެނގެން އެބަ އޮތެވެ. އެކަން ވަނީ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވަވައިފައެވެ.  

ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞޯލިޙް ޢަމަލު ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟ (ފުއްޞިލަތު: 33) 

މިއާޔަތުން ވަރަށް ސާފުކޮށް އެނގެން އޮތް ގޮތުގައި އެންމެ ރަނގަޅު ވާހަކަތައް ދައްކާ މީހަކީ ﷲ ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞޯލިޙް ޢަމަލު ކޮށް، އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާމީހުންނެވެ. 

ވީއިރު ދުނިޔޭގެ ޖަމާއަތްތަކާއި ޤައުމުތަކުގެ ބަސް މަތިވެރިކޮށް އެމީހަކަށް ފެންނަ ގޮތް ހާމަކުރުމުން އެއީ މޮޅުވާހަކައަކަށް ނުވެއެވެ. އިސްލާމް ދީނުގެ ޙުކުމްތަކަށްވުރެ މޮޅު ގޮތް ކަމަށް ބުނާ މީހުންނަކީ އެއްވެސް މޮޅު ކަމެއް ލިބިގެންވާ މީހެއް ނޫނެވެ. 

އެމީހާ ދައްކާ ވާހަކައަކީ އެއްވެސް ރަނގަޅު ކަމެއް ހުރި ވާހަކައަކަށް ހަދަން ބޭނުންވާނަމަ ގޮވާލަން މިޖެހެނީ ﷲ ތަޢާލާގެ ގެ ޙަޟްރަތަށް އައުމަށެވެ. އެއީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤުރްއާނުގެ މަގަށް އައުމެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޞޯލިޙް ޢަމަލު ކުރާ މީހަކަށްވެސް ވާން އެބަޖެހެއެވެ. އަދި ހަމަކަށަވަރުން، ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންކަމަށް ބުނަންވެސް އެބަޖެހެއެވެ. ތިމަންނާ ވަނީ (ﷲ އަށް) ކިޔަމަންވާ މީހުންގެ ތެރެއިންކަމަށް ބުނުމަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. 

މިނޫން ގޮތްގޮތަށް ވާހަކަ ދައްކާ އެއްވެސް މީހަކު އެދައްކަނީ އެއްވެސް ރަނގަޅުކަމެއް ހުރި ވާހަކަތަކެއް ނޫނެވެ. އެފަދަ ވާހަކަތައް އަޑުވެސް ނުއަހާށެވެ! ބަލައިވެސް ނުގަންނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް