އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޚިރަތް ލިބޭނީ ގާތް ގުޅުން ބާއްވަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި މީހުންނާއި ގާތް ގުޅުން ބާއްވައިގެންނެވެ!

އާޚިރަތް ލިބޭނީ ގާތް ގުޅުން ބާއްވަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި މީހުންނާއި ގާތް ގުޅުން ބާއްވައިގެންނެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

އާޚިރަތް ދުވަހަށް ދެވޭ ސަމާލުކަން ކުޑަވުމުން އާޚިރަތް ލިބިގަތުމަށް ދެވޭ ސަމާލުކަން މިދަނީ ކުޑަވަމުންނެވެ. އާޚީރަތް ދުވަހަށް ބިރެއް ނެތި މިދަނީ ކަންކަން ކުރެވެމުންނެވެ. އެހެންކަމުން ގާތް ގުޅުން ބާއްވައިގެން ނުވާނެ މީހުންނާއިވެސް މިދަނީ ގާތް ގުޅުން ބާއްވަމުންނެވެ. 

ކޮންމެ މީހަކުވެސް ވިސްނައިލަންވީ ރަސޫލް (ޞޢވ)ގެ މި ޙަދީޘްފުޅަށެވެ. 

ޢަމްރު އިބުނުލް ޢާޞްގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލް (ޞޢވ) ސިއްރު ކުރެއްވެވުމެއް ނެތި، ފައުޅުގައި ޙަދީޘްފުޅު ކުރެއްވެވި އަޑު ތިމަން އެހީމެވެ. ތިމަން ކަލޭގެފާނުގެ (ރަސޫލް (ޞޢވގެ) ޢާއިލާގެ މިވެނި ބައެއް މީހުންނަނަކީ ތިމަން ކަލޭގެފާނާ ގާތް ގުޅުން އޮތް ބައެއް ނޫނެވެ. މިހެނީ ތިމަން ކަލޭގެފާނާ ގާތް ގުޅުން އޮންނާނީ ﷲގެ ޙައްޤުގައި ގުޅުން ބާއްވާ މީހުންނާއި ހެޔޮ، ޞާލިޙް މުސްލިމުންނާއިއެވެ." (ޞަޙީޙް މުސްލިމް 316) 

ކޮންމެ މުސްލިމަކުވެސް މި ޙަދީޘްފުޅަށް ޢަމަލުކުރަންވާނެއެވެ! ގާތް ގުޅުން ބާއްވަން ވާނީ ޙަދީޘްފުޅުގައިވާ ފަދައިން "ﷲގެ ޙައްޤުގައި ގުޅުން ބާއްވާ މީހުންނާއި ހެޔޮ، ޞާލިޙް މުސްލިމުންނާއިއެވެ." 

ޞާލިޙް މުސްލިމުންނަކީ ހެޔޮ އަމަލުތައް ކުރުމުގައި ކުރިއަރައިދާން މަސައްކަތްކުރާ މީހުންނެވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނެވެ! ވީމާ ތިބާގެ ހިތުގެ އިސްކަމާއި ރަސްކަން އެނޫން ބައަކަށް ދެވިއްޖެ ނަމަ މިޙަދީޘްފުޅަށް ޢަމަލުކުރި މީހަކު ކަމުގައި ނުވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް