އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ގެ އަހަރީ އާންމު ޖަލްސާގައި ލާނީ އީވޯޓިން!

އުރީދޫ ގެ އަހަރީ އާންމު ޖަލްސާގައި ލާނީ އީވޯޓިން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އުރީދޫން މާރިޗް މަހުގެ ދެވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބާއްވާ އަހަރީ ޢާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުމުގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމަށް އެކުންފުނިން ބުނެފިއެވެ. 

އުރީދޫގެ ބަޔާން: 

އުރީދޫ މޯލްޑިވްސް އިން 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭ  8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާ ގެ އެޖެންޑާގައި ހިމެނިފައިވާ "އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން" ގެ ވޯޓުލުން ކުރިއަށް ދާނީ އިލެކްޓްރޮނިކް ވޯޓިންގ (އީ-ވޯޓިންގ) ގެ ގޮތުގައި ކަމުގައި އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެއެވެ.

އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާއި، އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު