އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ސާބިތުވެވިއްޖެ މީހަކަށް ކުރިއަށް އޮތް މުޅި އަހަރު ސާބިތުވެވޭނެ! އިން ޝާ ﷲ

ރަމަޟާން މަހު ސާބިތުވެވިއްޖެ މީހަކަށް ކުރިއަށް އޮތް މުޅި އަހަރު ސާބިތުވެވޭނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރަމަޟާން މަހުގެ ދުވަސްތަކުގައި ސާބިތުވެވިއްޖެ މީހަކަށް ކުރިއަށް އޮތް އަހަރު ދުވަހު ސާބިތުވެވޭނެއެވެ. އިން ޝާ ﷲ 

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެއެވެ. ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަށް ތައްޔާރުވުމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! ތައްޔާރުވުމުގެ މަސައްކަތް ފަށަން މިހާރުވެސް މާލަސްވެއްޖެއެވެ. 

އެގޮތުން ކުރަން ފަށަން އެންމެ މުހިންމު އެއް މަސައްކަތެއް ކަމަށް މިރޭވެސް ބުނަން އޮތީ ހަމަ  ކީރިތި ޤުރްއާން ކިޔަވަން ފަރިތަކުރުމެވެ. ވީމާ ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! އެއިރުން ރަމަޟާން މަހު ކިޔަވަން ފަސޭހަވެ ގިނަ ޚަޠިމް ކުރެވޭނެއެވެ. ހަމަ އެއާއިއެކު ސުންނަތް ރޯދަ ވެސް ހިފުން ގިނަކުރާށެވެ! އެއިރުން ރަމަޟާން މަހު ރޯދަ ހިފަން ފެށުމުން ލިބޭ ވަރުބަލިކަން ކުޑަވާނެއެވެ! 

ހަމަ އެއާއިއެކު ޤަޞާކުރަން އެއްވެސް ރޯދައެއް ހުރިނަމަ ހިފައި ނިންމަން އަވަސްވެގަންނާށެވެ! އެންމެފަހު ވަގުތަށް ނުބަހައްޓާށެވެ! 

ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަތައް ނުފޮހެވުނު މީހާއަކީ ހަލާކުވެގެންވާ މީހެކެވެ. ޖިބްރީލްގެފާނުގެ މި ބަސްފުޅަށް ރަސޫލް (ޞޢވ) ވަނީ އާމީން ވިދާޅުވެފައެވެ. ވީމާ އެފަދަ މީހުންގެ ތެރޭގައި ނުހިމެނުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ! ދިންނެވުން ލިބެން އޮތީ އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް